ބޯކޮށް ވާރޭ ވެހި، ގުގުރުމުގެ ސަބަބުން ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ބުނީ، މި ސަރަހައްދަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު 15:30 އިން އިރާކޮޅު 20:00 އަށް ކަމަށެވެ.
މި ސަރަހައްދުގައި ވިލާގަނޑުގައި 40 މޭލަށް ވައި ގަދާވާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މި ދުވަސްކޮޅު މި ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ލަފާ ކުރެވޭ ގޮތުގައި ހަފްތާ ބަންދުގައި ވެސް ބޯކޮށް ވާރޭވެހި ވިއްސާރަ ވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް