އިންޑިއާގައި މިހާރު ކުރިއަށްދާ އިންތިޚާބުގައި، އިންޑިއާގެ މިހާރުގެ ޕްރައިމް މިނިސްޓަރު ނަރެންދްރަ މޯދީ ކުރި ހޯދުމުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މަރުޚަބާ ދަންނަވައިފިއެވެ.
ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި އިންތިޚާބުގެ ނަޖީތާ އިން ދައްކުވައިދެނީ ބީޖެޕީ ޕާޓިއަށް އިންޑިއާގެ ރައްޔިތުން ކުރާ އިތުބާރު ކަމުގައެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ، އިންޑިއާ އާއި އެކު ބަދަހިވެފައިވާ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައެވެ.
https://twitter.com/ibusolih/status/1131482897288843264
އިންޑިއާގައި މިހާރު ކުރިއަށްދާ އިންތިޚާބުގައި 543 ގޮނޑީގެ ތެރެއިން މިހާތަނަށް ބީޖޭޕީ ޕާޓިއަށް 294 މަޖިލިސް ގޮނޑި ވަނީ ކަށަވަރުވެފައެވެ. އެހެންކަމުން އިންތިޚާބު ކާމިޔާބު ކުރާނީ މޯދީ ކަމަށް މިހާރު ނަތީޖާ ވަނީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް