ހުޅުދުއްފާރުން ދިރިއުޅުމަށް 2000 އަކަފޫޓުގެ 70 ގޯތި ދޫކުރަނީ

ރ. ހުޅުދުއްފާރުން ދިރިއުޅުމަށް 2000 އަކަފޫޓުގެ 70 ގޯތި ދޫކުރުމަށް ކަނޑައަޅައި މިގޯތިތަކަށް ކުރިމަތިލުމުގެ ފުރުޞަތު އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ. އެ ރަށު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ...

23 May 2019 | 09:38

ރ. ހުޅުދުއްފާރުން ދިރިއުޅުމަށް 2000 އަކަފޫޓުގެ 70 ގޯތި ދޫކުރުމަށް ކަނޑައަޅައި މިގޯތިތަކަށް ކުރިމަތިލުމުގެ ފުރުޞަތު އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

އެ ރަށު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން "ރ. ހުޅުދުއްފާރުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެ އުސޫލް" އާއި އެއްގޮތަށް ޝަރުތުހަމަވާ ފަރާތްތަކަށް މާރކްސްދީ، އެންމެމަތިން މާރކްސްލިބޭ ފަރާތްތަކަށް އިސްކަންދޭ ތަރުތީބުން ކަމަށެވެ.

"މިދެންނެވި ތަރުތީބުން ގޯތި ދޫކުރަމުން ގޮސް، ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ ޢަދަދަށްވުރެ އިތުރަށް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ މީހުން ތިބިނަމަ، އޭގެތެރެއިން ގޯތި ލިބޭމީހުން ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ." އެ އިއުލާނުގައި ބުނެފައިވެއެވެ.

އެ އިއުލާނުގައި ބުނެފައިވަނީ ރ. ހުޅުދުއްފާރުން ގޯތި ދޫކުރުމަށް އެދޭ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ ތިރީގައިވާ ގޮތުގެ މަތިން ކަމަށެވެ.

ފޯމް ފުރިހަމަކުރެއްވުމަށްފަހު ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުމެއް މިއިދާރާއަށް ހުށަހެޅުއްވުން އެދޭ ކަމަށާއި ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ މަޢުލޫމާތު ގޯއްޗަށްއެދި ހުށަހަޅާފައިވާ ފޯމްގައި ބަޔާންކުރެވިފައިވާނެކަމަށް ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ. އަދި ފޯމާއިއެކު ކޮންމެހެން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާނަމަ ފޯމް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވާކަމުގައިވެސް ބުނެފައިވެއެވެ.

ރ. ހުޅުދުއްފާރުން ދިރިއުޅުމަށް ގޯތި ދޫކުރުމަށް ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެ އުސޫލާއި ޕޮއިންޓް ދިނުމުގެ މިންގަނޑާއި ރ. ހުޅުދުއްފާރުން ގޯއްޗަށްއެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް އަދި ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތައް ގެޒެޓުކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

[contentcards url="http://www.gazette.gov.mv/iulaan/view/103429"]

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް