ޗައިނާގައި އަންހެނަކަށް ފޯނެއް ނުގަނެދިނިނުމުން ލޯބިވެރިޔާ އަށް އަނިޔާކޮށަފި

ޗައިނާގައި އަންހެނަކަށް ފޯނެއް ނުގަނެދިނުމުން ލޯބިވެރިޔާ އަށް އަނިޔާކޮށްފިއެވެ. މިމަހުގެ 20 ވަނަ ދުވަހަކީ ޗައިނާގައި ލޯބިވެރިން އެކަކު އަނެކަކަށް ލޯބިވާކަން އަންގައިދޭ ދުވަހެކެވެ. ފިރިހެން މީހާ އޭނާގެ...

23 May 2019 | 08:57

ޗައިނާގައި އަންހެނަކަށް ފޯނެއް ނުގަނެދިނުމުން ލޯބިވެރިޔާ އަށް އަނިޔާކޮށްފިއެވެ.

މިމަހުގެ 20 ވަނަ ދުވަހަކީ ޗައިނާގައި ލޯބިވެރިން އެކަކު އަނެކަކަށް ލޯބިވާކަން އަންގައިދޭ ދުވަހެކެވެ. ފިރިހެން މީހާ އޭނާގެ ލޯބިވެރިޔާ އަށް ލޯބިވާކަން އަންގައިދިނީ މަގުމަތީގައެވެ. މީހުން ތޮއްޖެހިފައިވާ އެތަނުގައި އަންހެން މީހާ އެދުނީ ފޯނެއް ގަނެދިނުމަށެވެ. ނަމަވެސް ފިރިހެން މީހާ އެކަމަށް އިންކާރު ކުރުމުން އަންހެން މީހާ ކައިރިޔަށް ރުޅި އައިސްގެން، މޫނު މަތީގައި ތަޅަން ފެށީ ކަމަށް ޗައިނާގެ ރިޕޯޓުތައް ބުނެއެވެ.

ހާދިސާ ހިނގަމުން ދިޔަ ތަނަށް ފުލުހުން ދިއުމުން ވެސް އަންހެން މީހާ ނުހުއްޓިއެވެ. ރިޕޯޓުތައް ބުނާގޮތުން، ފިރިހެން މީހާގެ މޫނުމަތީގައި 50 އަށް ވުރެ ގިނަ ފަހަރު އަންހެން މީހާ ޖެހިއެވެ.

އާންމު ވެފައިވާ ވީޑިއޯ އަކުން ފެންނަގޮތުގައި، މަގުމަތީގައި އެވަގުތު ޖަމާވެފައިވި މީހުން ވެސް އަންހެން މީހާ ހުއްޓުވޭތޯ މަސައްކަތް ކުރިއެވެ. މީގެ އިތުރުން ފުލުހުން އައިސް ވެސް އަންހެން މީހާ ހުއްޓުވަން މަސައްކަތް ކުރިއެވެ. ފުލުހުން އައިސް އަންހެން މީހާ ހައްޔަރު ކުރަން އުޅުމުން ފިރިހެން މީހާ އެކަމަށް އިންކާރު ކުރި ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ފިރިހެން މީހާ ބުނިގޮތުގައި އެއީ އެމީހުންގެ އަމިއްލަ މައްސަލައެއް ކަމަށާއި، ފުލުހުން އެދެމެދަށް ނުވަނުމަށް ފިރިހެން މީހާ އެދުން ކަމަށް ވެއެވެ.

ފުލުހުން ފަހުން ވަނީ އެސަރަހައްދަށް އެއްވެފައި ތިބި މީހުން ދުރުކޮށްފައެވެ. އަދި ދެމީހުން ޕޮލިސް ސްޓޭޝަނަށް ގެންގޮސް، ވަކިވަކިން ވަނީ ނަސޭހަތް ދީފައެވެ.

ފުލުހުން ނެގި ބަޔާނުގައި އަންހެން މީހާ ބުނެފައި ވަނީ، ފިރިހެން މީހާގެ ހުރިހާ ހަރަދެއް ބަލަނީ އޭނާ ކަމުގައެވެ. ފޯނު ނުގަނެދިނުމުން އެހާ ރުޅި އައީ އެހެންވެ ކަމަށްވެސް އަންހެން މީހާ ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް