މިހާރު ރާއްޖެއަށް ކުރަމުން މި އަންނަ ވިއްސާރަކަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި ކުރިއަށް މިއޮތް ހަފްތާ ބަންދުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމުގައި މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އެ އިދާރާއިން ވިދާޅުވީ ހުޅަނގު މޫސުމުގެ ވިއްސާރައަކީ ދިގު ދެމިގެން ހިނގައިދާނެ ވިއްސާރައެއް ކަމަށާއި އެގޮތުން ކޮންމެ އެޕިސޯޑެއްގައި ހަފްތާއެއް ވަންދެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރުން އެކަށީގެންވާކަމަށެވެ އަދި ހުޅަނގު މޫސުން ނޮވެމްބަރާއި ހަމައަށް ދެމިގެންދާނެކަމުގައިވެސް ވިދާޅުވިއެވެ.
ކުރިއަށް އޮތް ޢީދު ބަންދުގެ މޫސުން އަދި ބުނަން ސީދާ ނޭނގުނު ނަމަވެސް މި މޫސުމުގައި ދޭތެރެ ދޭތެރެއިން ވިއްސާރަ ކުރަމުންދާނެ ކަމުގައިވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް