އައްޑޫ ސިޓީ ހުޅުމީދޫން މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ ހުޅުމީދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހުޅުމީދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު ދެ މީހާކު ހައްޔަރުކޮށްފިއެވެ. މިއޮޕަރޭޝަންގައި ހައްޔަ...

23 May 2019 | 08:00

އައްޑޫ ސިޓީ ހުޅުމީދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހުޅުމީދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު ދެ މީހާކު ހައްޔަރުކޮށްފިއެވެ.

މިއޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވަނީ 22 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެކެވެ. އިއްޔެ ކުރިޔަށް ގެންދިޔަ މި އޮޕަރޭޝަންއަކީ އައްޑޫ ސިޓީ ފޭދޫން ފުރައިގެން ހުޅުމީދުއަށް ދަތުރުކުރަމުންދާ ފެރީއަކުން ހުޅުމީދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަނެކެވެ.

މިދެމީހުން ހުޅުމީދޫ ބަނދަރަށް ފޭބިވަގުތު އެސަރަޙައްދުން ފުލުހުން ފެނުމާއެކު، އެތަނުން އެކަކުގެ އަތުގައި އޮތް ސިނގިރެޓު ފޮއްޓެއް މޫދަށް އެއްލައިލުމުން ފުލުހުން އެ ނަގައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލަ މިހާރު ގެންދަނީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް