ތިލަފުށީގައި ކުނިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމުކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާންކޮއްފިއެވެ.
ފިނޭންސް މިނިސްޓްރީއިން ކޮއްފައިވާ އިއުލާނުގައި ބުނެފައިވަނީ ތިލަފުށީގައި ކުނިން ހަކަތަ އުފައްދާ ނިޒާމެއް ޑިޒައިންކޮށް ޢިމާރާތްކޮށް އަދި ހިންގުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 28 ޖުލައި 2019 ގެ ނިޔަލަށް ވަނީ ހުޅުވާލާފައިވާ ކަމަށެވެ.
އަދި ޕްރީކޮލިފިކޭޝަންގައި ބައިވެރިވުމަށް އެއްހާސް ފަސްސަތޭކަ ރުފިޔާގެ ނަންރީފަންޑަބަލް ފީއެއް ދައްކަންޖެހޭނެ ކަމަށާއި، މިއަދުން ފެށިގެން 17 ޖުލައި 2019 ގެ ނިޔަލަށް ފައިސާ ބަލައިގަންނާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ތިލަފުށީގައި ހިންގާ ވޭސްޓް ޓު އެނަރޖީ ޕްރޮޖެކްޓަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭ.ޑީ.ބީއާއި، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް، އޭ.އައި.އައި.ބީ އަދި ޖަޕާން ފަންޑް ފޯރ ޖޮއިންޓް ކްރެޑިޓިންގް މެކޭނިޒަމްއިން ގުޅިގެން ފަންޑު ކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް