ގައުމީ ޔުނިވާސިޓީގެ އިމްތިހާނުތައް ކުރިއަށްދާއިރު ހަރަކާތްތެރިވާނެ އިންވިޖިލޭޓަރުން ހޯދަން އިއުލާނު ކޮށްފި

މިއަހަރުގެ ފުރަތަމަ ޓަރމްގެ ފައިނަލް އިމްތިހާނުގައި ހަރަކާތްތެރިވުމަށް އިންވިޖިލޭޓަރުން ހޯދަން އިއުލާން ކޮއްފިއެވެ. ރާއްޖޭގެ ގައުމީ ޔުނިވާރސިޓީއިން ކޮއްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި އިމްތިހާނު...

23 May 2019 | 07:26

މިއަހަރުގެ ފުރަތަމަ ޓަރމްގެ ފައިނަލް އިމްތިހާނުގައި ހަރަކާތްތެރިވުމަށް އިންވިޖިލޭޓަރުން ހޯދަން އިއުލާން ކޮއްފިއެވެ.

ރާއްޖޭގެ ގައުމީ ޔުނިވާރސިޓީއިން ކޮއްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި އިމްތިހާނުތަކުގައި ހަރަކާތްތެރިވުމަށް ބޭނުންވަނީ 30 އިންވިޖިލޭޓަރުން ކަމަށާއި، މި އަދަދަކީ މިއަހަރުގެ ފުރަތަމަ ޓަރމުގެ އިމްތިހާނުގައި ބައިވެރިވާނެ ކަމަށް ލަފާކުރެވޭ ދަރިވަރުންނާއި އެ ދަރިވަރުންނަށް ބޭނުންވާނެ އިމްތިހާނު ހޯލްތަކަށް ރިއާޔަތްކޮށްގެން ކަނޑައަޅާފައިވާ އަދަދެއްކަމަށެވެ.

އަދި ކިޔަވައިދިނުމުގެ އެކި މަރުހަލާތަކުގެ ތެރެއިން އިމްތިހާނު ހައްގުވާ ދަރިވަރުންގެ އަދަދަށް ބަދަލުތަކެއް އަތުވެއްޖެނަމަ، މިހާރު އިންވިޖިލޭޓަރުން ބޭނުންވާކަމަށް ކަނޑައަޅާފައިވާ އަދަދަށް ބަދަލު އަތުވެދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެގޮތުން މި ކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ އޮންލައިންކޮށް ނުވަތަ ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށެވެ. އަދި ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް އެޕްލިކޭޝަން ފޯމް ހުށަހަޅަން އެދޭ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ފޯމް ލިބެން ހުންނާނީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުންނާއި މި ލިންކުންނެވެ.

https://docs.google.com/forms/d/e/1FAIpQLSdn-__7P1WoUNBf3J36bJXIcId0ORocyOqRp9cBHWMFZGBZlQ/viewform

އޮންލައިން އެޕްލިކޭޝަން މި ލިންކުން ހުށަހެޅޭނެއެވެ.  http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-2018-Term-2.pdf

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް