ހދ.ކުޅުދުއްފުށީގައި ޕިކަޕެއް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފި

ހދ.ކުޅުދުއްފުށީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ޕިކަޕެއް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މިއަދު ހެނދުނު 9:00 ހާއިރު ހިނގި މި އެކްސިޑެންޓު ހިނ...

23 May 2019 | 07:10

ހދ.ކުޅުދުއްފުށީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ޕިކަޕެއް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މިއަދު ހެނދުނު 9:00 ހާއިރު ހިނގި މި އެކްސިޑެންޓު ހިނގާފައިވަނީ ކުޅުދުއްފުށީ އަމީނީ މަގުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ޕިކަޕެއް، ކޮންޓްރޯލް ނުވެގެން ގޮސް އެ މަގުގައި ޖަހާފައި ހުރި ލައިޓް ޕޯސްޓެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި އެއްވެސް ފަރާތަކަށް އަނިޔާ ވެފައެއް ނުވެއެވެ. އެހެންނަމަވެސް ޕިކަޕުގެ ބަފަރު ނެއްޓި، ޕިކަޕަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ.

މި އެކްސިޑެންޓު ހިނގި އިރު އެ ޕިކަޕު ދުއްވަން އިނީ އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. މީނާއަކީ ޕިކަޕު ދުއްވުމުގެ ލައިސަންސް އޮންނަ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް