މަހިބަދޫގައި ބިދޭސީން އުޅޭ ގެއަކުން ވަގަށްނެގި ފޯނުތަކެއް ހޯދައިފި

އދ މަހިބަދޫގައި ބިދޭސީން އުޅޭ ގެއަކުން ބަޔަކު ވަގަށްނެގި ފޯނުތަކެއް ފުލުހުންގެ މަސައްކަތުން ހޯދައިފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މި ވައްކަމުގެ ރިޕޯޓްކޮށްފައިވަނީ އިއ...

23 May 2019 | 07:05

އދ މަހިބަދޫގައި ބިދޭސީން އުޅޭ ގެއަކުން ބަޔަކު ވަގަށްނެގި ފޯނުތަކެއް ފުލުހުންގެ މަސައްކަތުން ހޯދައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މި ވައްކަމުގެ ރިޕޯޓްކޮށްފައިވަނީ އިއްޔެގެ މެންދުރު 12:11ގައެވެ. ވަގަށް ނަގާފައިވަނީ ހަތަރު ފޯނަކާއި 200ރުފިޔާއެވެ.

މިކަމާއި ގުޅިގެން ރޭގެ ވަގުތެއްގައި 22 އަހަރުގެ މީހަކާއި 26 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާއިރު، ވަގަށްނެގި ހަތަރު ފޯނުގެ ތެރެއިން ތިން ފޯނު މިހާރު ރިކަވަރ ކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އޭގެ ތެރެއިން ދެ ފޯނު ހޯދާފައިވަނީ ފޯނު ވިއްކާލި މީހުން ހޯދުމަށްފަހު އެމީހުންނާއި ވާހަކަ ދައްކައިގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް