ހދ. ނޭކުރެންދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ނޭކުރެންދޫގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު މީހާކު ހައްޔަރުކޮށްފިއެވެ.
މިއޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވަނީ 31 އަހަރުގެ ފިރިހެނެކެވެ. އިއްޔެ ކުރިޔަށް ގެންދިޔަ މި އޮޕަރޭޝަންއަކީ ނޭކުރެންދޫގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަނެކެވެ.
ނޭކުރެންދޫ ބަނދަރު ސަރަޙައްދުން މިމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 15 ސެލޯފިން ކޮޅު ފެނިފައިވެއެވެ.
މި މައްސަލަ މިހާރު ގެންދަނީ ނޭކުރެންދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް