އދ. އަތޮޅަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު މާލެއިން ހައްޔަރު ކޮއްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮއްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލާގައި ހައްޔަރު ކުރި މީހާ ހައްޔަރުކޮއްފައިވަނީ މާލެއިން އދ. އަތޮޅަށް ފުރާ ފެރީ ލޯންޗަކުން އެއަތޮޅަށް މަސްތުވާތަކެތި ގެންދަން އުޅޭކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މެއި 21 ވަނަ ދުވަހުގެ 14:32 ހާއިރު ހިންގި އޮޕަރޭޝަންގައެވެ.
މި މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް އެ ލޯންޗުގައި އެމީހާ އިން ތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ޖޫސް ޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިހުރި ރަބަރު ޕެކެޓެއްގެ އިތުރުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ބުލެޓް ސައިޒުގެ ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮއްފައިވެއެވެ. ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި މައްސަލަ މިހާރު ދަނީ ޑްރަގް އެންފޯންސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް