ހުޅުމާލޭގައި ހިންގަމުންދާ ގެސްޓް ހައުސްތަކަށް އަމާޒުކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ހުޅުމާލޭގައި ހިންގަމުންދާ ގެސްޓް ހައުސްތަކަށް އަމާޒުކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ޓޫރިސްޓް ޕޮލިހުން ފަށައިފިއެވެ. މައުލޫމާތު ދިނުމާއި ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދާ މި ޕްރޮގަރާމުގަ...

23 May 2019 | 06:25

ހުޅުމާލޭގައި ހިންގަމުންދާ ގެސްޓް ހައުސްތަކަށް އަމާޒުކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ޓޫރިސްޓް ޕޮލިހުން ފަށައިފިއެވެ.

މައުލޫމާތު ދިނުމާއި ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދާ މި ޕްރޮގަރާމުގައި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށް ގާނޫނީ ގޮތުން ހުރުން ލާޒިމްކުރާ ސަލާމަތީ ވަސީލަތްތައް ފުރިހަމަ ކޮށްފައިވޭތޯ ބެލުމަށް ހަމަޖެހިފައިވެއެވެ.

ގެސްޓްހައުސްތަކުގައި އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ ފުށުން ފެންނަމުންދާ ދިވެހި ސަގާފަތާއި ބީރައްޓެހި އަމަލުތައް ހުއްޓުވުމުގެ ގޮތުން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހަމައެއާއެކު މޫދުގައި ހިނގާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް ޓޫރިސްޓް ޕޮލިހާއި ގެސްޓު ހައުސްތައް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހި ފައިވާއިރު ޓޫރިސްޓް ޕޮލިސްގެ ޓޯލް- ފްރީ ނަންބަރު 1478 އިޝްތިހާރުކުރުމާއި ޓޫރިސްޓް ޕޮލިސްގެ ޚިދުމަތްތަކާއިގުޅޭ މަޢުލޫމާތު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމް ފަށާފައިވަނީ މި ހިނގާ މެއި މަހުގެ 22 ވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް