ނުހައްގުން ވަޒީފާއިން ވަކިކުރި މީހުންގެ ދަފްތަރެއް ޕީއެންސީ އިން ހަދަނީ

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ނުހައްގުން ވަޒީފާއިން ވަކިކުރެވޭ މީހުންނަށް، ޕީއެންސީ/ޕީޕީއެމްގެ ވެރިކަމެއްގައި، މުސާރައާއެކު ވަޒީފާ އިއާދަ ކުރުމަށް ޕީއެންސީން ދަފްތަރެއް އެކުލަވާލަ...

23 May 2019 | 06:23

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ނުހައްގުން ވަޒީފާއިން ވަކިކުރެވޭ މީހުންނަށް، ޕީއެންސީ/ޕީޕީއެމްގެ ވެރިކަމެއްގައި، މުސާރައާއެކު ވަޒީފާ އިއާދަ ކުރުމަށް ޕީއެންސީން ދަފްތަރެއް އެކުލަވާލަން ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަނުުން ރޭގެ ދަންވަރުގެ ވަގުތެއްގައި ބޭއްވި ކުއްލި ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، އެ ޕާޓީން ދަފްތަރެއް އެކުލަވައިލަން ނިންމީ، ވަޒީފާގެ ބިރުވެރިކަމާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތަކާ މެދު މަޝްވަރާ ކުރުމަށްފަހުގައި ކަމަށާއި އަދި އަންނަ ހަފުތާ ތެރޭގައި ދަފްތަރުގައި ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝުޖާޢު ވިދާޅުވީ، ﷲ ގެ ރަޙްމަތްފުޅާއި އެކު، 2023 ވަނަ އަހަރު އެ ކޯލިޝަނުން ވެރިކަމާއި ހަވާލުވާނެ ކަމަށާއި، ހަވާލުވުމަށްފަހު 48 ގަޑި އިރުގެ ތެރޭގައި، މި ސަރުކާރުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކަށް، އެމީހުންނަށް ގެއްލިފައިވާ ޖުމްލަ މުސާރައިގެ އަދަދާއި އެކު، ވަޒީފާ އިއާދަކޮށްދޭނެ ކަމަށެވެ.

ފާއިތުވެ ދިޔަ ދެތިން މަސް ތެރޭގައި އެޗްޑީސީންވެސް ވަނީ 149 މުވައްފަޒުން މަދުކޮށްފައެވެ. އަދި ފެނަކައިންވެސް 100 އަށްވުރެ ގިނަ މީހުން ވަޒީފާއިން ވަކިކޮށްފައިވަ ކަމަށް މަޢުލޫމާތު ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް