ހުވަދު އަތޮޅަށާއި އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވުމުން، މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 08:00 އިން މެންދުރު 12:00 ގެ ނިޔަލަށް ހުވަދު އަތޮޅަށާއި އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފައެވެ. މެޓް އޮފީހުން ބުނެފައިވަނީ އެ ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
ހަމައެއާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ދެކުނުގެ ބައެއް ރަށްތަކަށްވެސް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުންވަނީ ބުނެފައެވެ.
ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައިކަމަށް ވާއިރު މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުންވަނީ ބުނެފައެވެ. އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 05 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މީގެއިތުރުން ދެކުނުގައި ކަނޑުތައް ގަދަވާނެ ކަމަށާއި މެދުތެރޭގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް