މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ތަމްރީނުތައް ނިންމާލައިފިއެވެ.
ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންގޮސްފައިވާ މި ތަމްރީނުތަކުގެ ފަރިތަކުރުންތައް ނިންމާލާފައިވަނީ މިއަދު ހެނދުނު 09:00 ގައެވެ. މި ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވަނީ މާލެ ސިޓީގެ އިތުރުން ރާއްޖޭގެ އަތޮޅުތަކުގެ އެއްގަމާ ކަނޑުގެ ސަރަހައްދުގައި ކަމަށްވާއިރު މި ތަމްރީނުގެ ފަރިތަކުރުންތަކުގައި އެއްގަމާއި ކަނޑުގެ އުޅަނދުތައްވެސް ވަނީ ޗެކު ކޮށްފައެވެ .އަދި މި ތަމްރީނުތަކުގައި ސިފައިންވަނީ ހަތިޔާރާއެކު ހަރަކާތްތެރިވެފައެވެ.
ސަލާމަތީ ބާރުތައް ގުޅިގެން ހިންގާފައިވާ ފަރިތަކުރުންތަކުގެ މަގްސަދަކީ ކުއްލި ހާލަތްތަކުގައި އެކި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރާނެ ގޮތާއި "މަލްޓި އޭޖެންސީ ކޯރޑިނޭޝަން" ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުން ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ 2019-2024 އަށް އެކުލަވާލެވުނު ސްޓްރެޓީޖިކް ޕްލޭންގެ ޕްރިއޯރިޓީއެއް ކަމުގައިވާ "އޮޕަރޭޝަނަލް ރެޑީނެސް" ގެ ދަށުން ކުރަން އިސްކަންދީފައިވާ ކަމެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް