ހިތްގައިމު މާހައުލެއްގައި ރޯދަ ވީލުމެއް ބޭނުންވާނަމަ، އެ ފުރުސަތު މިއޮތީއެވެ. މިއަދު ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި މި ގެނެސްދެނީ ވަރަށް ހިތްގައިމު ރެސްޓޯރެންޓެއް ކަމަށްވާ ދަ ޑެކް ރެސްޓޯރެންޓެވެ. މި ރެސްޓޯރެންޓްގެ މެނޫގައިވެސް އެކި ބާވަތުގެ އެއްޗެހި ހިމެނެއެވެ.
ދަ ޑެކްގެ އިފްތަރް މެނޫ އަށް ބަލާލާއިރު ކޮންމެ ދުވަހަކަށް ވަނީ ހާއްސަ މެނޫއެކެވެ. ކޮންމެ ދުވަހަކަށް ވަކި މެނޫއެއް ވާއިރު ކޮންމެ މެނޫއެއްގައިވެސް ތަފާތު އެކި ބާވަތްތައް އެކުލެވިގެންވެއެވެ. މި ރެސްޓޯރެންޓުން ކޮންމެ ބޭފުޅަކަށް ވެސް 150 ރުފިޔާ އަށް ރޯދަ ވީއްލޭނެއެވެ. ފަސް އަހަރުން ދަށުގެ ކުއްޖެއްނަމަ ހިލޭ އަދި 5 އަހަރާއި 10 އަހަރާދެމެދުގެ ކުއްޖެއްނަމަ ދައްކަން ޖެހެނީ ޕޭމަންޓްގެ އެއްބައެވެ.
މި ރެސްޓޯރެންޓްގައި ރޯދަ ވީއްލުމަށް ރިޒަވޭޝަން ހެއްދެވުމަށް 9745665 މި ނަމްބަރަށް ގުޅުއްވާލައްވާށެވެ.
މިހާ ހިސާބުން މި ރެސްޓޯރެންޓްގެ މެނޫ ހިއްސާކޮށްލާނަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް