ދިއްފުށީގައި ބޮޑު ހަމަނުޖެހުމެއް – ދެމީހަކު ޒަހަމްކޮށްލި އިރު އެކަކު ސީރިއަސް ހާލަތުގައި

ކ. ދިއްފުށީގައި މިރޭ ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީ ދެމީހަކު ޒަހަމްކޮށްލާފައިވާއިރު އޭގެން އެކަކު އެމަޖެންސީ ހާލަތުގައި މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވ...

22 May 2019 | 19:09

ކ. ދިއްފުށީގައި މިރޭ ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީ ދެމީހަކު ޒަހަމްކޮށްލާފައިވާއިރު އޭގެން އެކަކު އެމަޖެންސީ ހާލަތުގައި މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ހަމަނުޖެހުމަކީ އެ ރަށު ގެއަކުން ވައްކަން ކުރި ބަޔަކު ހޯދަން ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ނިކުމެ ހިނގި ހަމަނުޖެހުމެކެވެ.

މިކަމާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވަނީ ދިއްފުށީގައި މިރޭ 7:30 ހާއިރު މާރާމާރީއެއް ހިންގައި ތޫނުއެއްޗޗަކުން ހަމަލާދީ ދެމީހަކު ޒަހަމްކޮށްލާފައިވާކަމަށެވެ. އޭގެން އެކަކަށް އެ ރަށު ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާއިރު އަނެއް މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެނެސްފައިވާކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް