އަނެއްކާވެސް މަސްތުވާތަކެއްޗާއި އެކު ލަންކާއިން ދިވެއްސަކު ހައްޔަރުކޮށްފި

ސްރީލަންކާއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ދިވެއްސަކު ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފި އެވެ. އެމީހާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. ލަންކާގެ ނޫސްތަ...

23 May 2018 | 14:08

ސްރީލަންކާއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ދިވެއްސަކު ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.

އެމީހާ އާއި ގުޅޭ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. ލަންކާގެ ނޫސްތަކުގައި ބުނެފައިވަނީ ހައްޔަރު ކުރި ދިވެހި މީހާ އަތުން 2.39 ކިލޯގެ ހެރޮއިން އަތުލައިގެންފައިވާ ކަމަށެވެ.

ފުލުހުންނާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އެ މީހާގެ އަތުން އަތުލައިގަތް ހެރޮއިންގެ އަގު ތިން ލައްކަ އަށް ވުރެ ގިނަ ޑޮލަރަށް އަރާނެ އެވެ. އެތަކެތި އޭނާގެ އަތުން ފެނުނީ ސްރީލަންކާއަށް އެތެރެވި ތަނުން އެއާޕޯޓްގެ ސެކިއުރިޓީ އިން އޭނާ ޗެކްކުރުމުގެ ތެރޭގައި އެވެ.

ފާއިތުވި ދެ އަހަރުގެ ތެރޭގައި 15 ފަހަރު އޭނާ ލަންކާ އަށް ގޮސްފައިވާ ކަމަށް ވެސް ނޫސްތަކުގައި ބުނެފައި ވެ އެވެ. ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމަން މިނުވަންގޮޑަ ކޯޓަށް ގެންދަން ވަނީ ނިންމައިފަ އެވެ.

މިދިޔަ ހަފްތާގައި ލަންކާގައި ޕާޓީ ޑްރަގްސް ވިއްކަން އުޅުނު ދިވެހި ދެ ފިރިހެނަކުވެސް ވަނީ ހައްޔަރުކޮށްފައި އެވެ. އެ މީހުންގެ އަތުން ފެނުނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ވާ އެކްސްޓަސީގެ 1,925 ގުޅަ އެވެ. އެ ތަކެތީގެ އަގު ނުވަ ލައްކަ ރުފިޔާ އަށް ވުރެ ބޮޑެވެ.

ލަންކާ ފުލުހުންނާއި ހަވާލާދީ މީޑިއާގައި ބުނެފައިވަނީ އެ ދެމީހުން އަތުން އަތުލައިގެން ޕާޓީ ޑްރަގްސްގެ ބާވަތަކީ މިހާތަނަށް ލަންކާގައި އެންމެ ގިނައިން އެ ވައްތަރުގެ ޑްރަގަސް އަތުލައިގެތް ފަހަރު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް