އާސެނަލްގެ ކޯޗުކަމާ ހަވާލުވާކަން އެމެރީގެ ވެބްސައިޓްގައި އޮޅުމަކުން ހާމަކުރެވިއްޖެ

ޕީއެސްޖީ ގެ ކުރީގެ ކޯޗު އުނައި އެމެރީ އާސެނަލްގެ ކޯޗު ކަމާ ހަވާލުވާކަން، އޭނާގެ އަމިއްލަ ވެބްސައިޓްގައި އިއްޔެ އާންމުކުރި ލިޔުމަކުން ހާމަވެއްޖެއެވެ. އެމެރީ އާސެނަލްގެ ކޯޗަކަށް ހަމަޖައްސަން އުޅޭކަމަށް ...

23 May 2018 | 06:16

ޕީއެސްޖީ ގެ ކުރީގެ ކޯޗު އުނައި އެމެރީ އާސެނަލްގެ ކޯޗު ކަމާ ހަވާލުވާކަން، އޭނާގެ އަމިއްލަ ވެބްސައިޓްގައި އިއްޔެ އާންމުކުރި ލިޔުމަކުން ހާމަވެއްޖެއެވެ.

އެމެރީ އާސެނަލްގެ ކޯޗަކަށް ހަމަޖައްސަން އުޅޭކަމަށް އަޑު ފެތުރިފައިވިޔަސް އަދި ރަސްމީކޮށް އެކަން އިއުލާނު ކޮށްފައި ނުވާއިރު، ފަހުން މި ޕޯސްޓް ވެބްސައިޓްއިން ނަގާފައިވުމުން މިއީ އޮޅުމަކުން، ކަނޑައަޅާފައިވާ ތާރީޚްގެ ކުރިން ޝާއިޢުކުރެވުނު ލިޔުމެއްކަމަށް ބެލެވެއެވެ.

އުނައި އެމެރީގެ ފޮޓޯއަކާއެކު މި ޕޯސްޓުން ފެންނަންހުރީ "ޕްރައުޑް ޓު ބީ ޕާޓް އޮފް ދި އާސެނަލް ފެމެލީ (އާސެނަލްގެ އާއިލާގެ ހިއްސާއެއްކަމުގައި ވުމާމެދު ފަޚުރުވެރިވަން)" މިފަދައިން ލިޔެފައިވާ ލިޔުންކޮޅެކެވެ. އެ ލިޔުންކޮޅުގެ މަތީގައި އާސެނަލްގެ ލޯގޯ އަދި ތިރީގައި އުނައި އެމެރީގެ ސޮއި ޖަހާފައިވެއެވެ.

ޕީއެސްޖީއަށް ނިމިދިޔަ ސީޒަންގައި ފްރާންސް ލީގު، ފްރާންސް ކަޕް އަދި ފްރާންސް ލީގުކަޕް ކާމިޔާބު ކޮށްދިނުމަށްފަހު މަގާމުން ވަކިވި އުނައި އެމެރީ އާސެނަލްގެ ކޯޗުކަމަށް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށާއި، އެކަން ރަސްމީކޮށް މި ހަފުތާ ނިމޭ ހިސާބުގައި އިއުލާނު ކުރާނެކަމަށް އާސެނަލްގެ އޮފިޝަލަކާ ހަވާލާދީ އީއެސްޕީއެން އިން ހާމަކޮށްފައިވެއެވެ.

ކުރިން ސެވިއްޔާއަށް ޖެހިޖެހިގެން 3 އަހަރު ޔުރޮޕާ ލީގުވެސް ކާމިޔާބު ކޮށްދީފައިވާ ސްޕެއިންގެ ކޯޗާއެކު އާސެނަލްއިން ހަދާނީ 2 އަހަރު ދުވަހުގެ އެއްބަސްވުމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

ޒަމާންތަކަކަށްފަހު އާސެނަލްއާ އަލްވަދާއުކި ލެޖެންޑަރީ ކޯޗު އާސެން ވެންގާގެ ބަދަލުގައި އުނައި އެމެރީ މަގާމަށް ގެންނަން އާސެނަލްއިން ނިންމާފައި މިވަނީ އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އާޓެޓާއާ ކޯޗުކަން ހަވާލުކުރުމަށް ވާހަކަތަކެއް ދެކެވުމަށް ފަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް