ކާވެންޏަށްފަހު ފިރިހެންމީހާ ފަލަވޭތަ؟

ކާވެންޏަކަށްފަހު ފިރިހެންމީހާގެ ސިފަ ބަދަލުވާ ވާހަކައަކީ ޤަބޫލުކުރަން ދަތި ވާހަކައެކެވެ. އެހެނަސް ދިރިއުޅުމަށް އެކަމުން ބަދަލު އައިސް މީހާގެ ސިފައަށްވެސް ބަދަލު އަންނަކަމީ ހަޤީޤަތެވެ. ދިރާސާތަކުން ދައ...

23 May 2018 | 06:05

ކާވެންޏަކަށްފަހު ފިރިހެންމީހާގެ ސިފަ ބަދަލުވާ ވާހަކައަކީ ޤަބޫލުކުރަން ދަތި ވާހަކައެކެވެ. އެހެނަސް ދިރިއުޅުމަށް އެކަމުން ބަދަލު އައިސް މީހާގެ ސިފައަށްވެސް ބަދަލު އަންނަކަމީ ހަޤީޤަތެވެ.

ދިރާސާތަކުން ދައްކާގޮތުގައި ކާވެނިކޮށް ދިރިއުޅުމަށް އަންނަ ބަދަލުގެ ސަބަބުން، ފިރިހެނުން ފަލަވެ ބަރުދަން 4-8 ކިލޯ އިތުރުވެއެވެ. ނަމަވެސް މިއީ އަނބިމީހާގެ ހަށިގަނޑަށް އަންނަ ބަދަލާއި ގުޅިފައިވާކަމެއް ކަން އެނގޭކަށް ނެތެވެ.

ތަޖުރިބާކާރުން ދެކޭގޮތުގައި މިގޮތަށް ދިމާވަނީ، ކައިވެނި ނުކޮށް އުޅޭ ފިރިހެނުން، ބައެއް އަންހެނުންނެކޭ އެއްފަދައިން އެމީހުންގެ ހަށިގަނޑަށް ބަލައިގެން އުޅޭތީއެވެ. އަދި ކާވެންޏަކާ ހިސާބަށް ދިއުމުގެ ކުރިން ފިޓުކޮށްހުރެ އަންހެނުންގެ ސަމާލުކަން ލިބޭފަދަ ގޮތަކަށް ހުރުމަށް އެބައިމީހުން އިސްކަން ދޭތީއެވެ.

ކާވެނީގެ ކުރިން ޖިމަށް ދާނެއެވެ. ކޮންމެ ދުވަހަކަ ދެދަޅަ އަށް ދުވަން ދާނެއެވެ. އަބަދުވެސް އުޅޭނީ ފައިމަގުގައެވެ. ޑައެއްޓް ފުޑް ނޫނީ ނުކާނެއެވެ. އެހެނަސް ކާވެންޏަށް ފަހު މިހުރިހާ ކަމެއް ބަދަލުވެއެވެ.

މީގެ އިތުރުން ކާވެނިކުރުމަށްފަހު ޤަވާއިދުން ކެއުމަށް ފިރިހެނުންނަށް އަނބިން ބާރުއެޅުންވެސް، ފިރިހެނުންގެ ބަރުދަން ކާވެންޏަށްފަހު އިތުރުވުމާއި ގުޅިފައިވާކަމަށް ދިރާސާވެރިން ބުނެއެވެ.

ސައިންސުވެރިން ބުނާގޮތުގައި ފިރިހެނުންގެ ހަށިގަނޑަށް ބަދަލު އައިސް ފަލަވުމަށް ދިމާވަނީ ކާވެންޏަށްފަހު ދިރިއުޅުމުގެ އާދަތަކަށް މާބޮޑަށް ބަދަލު ގެނައުމުން ކަމުގައިވާއިރު، ކަސްރަތު ކުރުމާއި ކުޅިވަރު ކުޅުންފަދަ ކަންކަމާއި ދުރުނުވެ އުޅޭކަމުގައިވާނަމަ، މިމައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ.

ފިރިހެނުންގެ އިތުރުން އަންހެނުންވެސް ކާވެންޏަށްފަހު ދިރިއުޅުމުގެ ކަންތަކަށް މިގޮތަށް ބަދަލު ގެނެސްފިނަމަ ފަލަވެ ބަރުދަން އިތުރުވުމުގެ ފުރުސަތު އޮންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް