ސޯނަމް ހަނީމޫނަށް ދާ ގައުމު ނިންމައިފި، ލިސްޓުން ރާއްޖެ ކަޓައިފި!

ބޮލީވުޑްގައި މިހާރު އެންމެ ގިނަ މީހުން ބަލަން ބޭނުންވަނީ ބަތަލާ ސޯނަމް ކަޕޫރާއި ފިރިމީހާ އަނަންދު އަހޫޖާ ހަނީމޫނަށް ދާނެ ގައުމެކެވެ. އެގޮތުން ސޯނަމްގެ ފޭނުންނަށް ވަނީ އޭނާ  ހަނީމޫނަށްދާން އެންމެ ބޭނުނ...

23 May 2018 | 05:54

ބޮލީވުޑްގައި މިހާރު އެންމެ ގިނަ މީހުން ބަލަން ބޭނުންވަނީ ބަތަލާ ސޯނަމް ކަޕޫރާއި ފިރިމީހާ އަނަންދު އަހޫޖާ ހަނީމޫނަށް ދާނެ ގައުމެކެވެ.

އެގޮތުން ސޯނަމްގެ ފޭނުންނަށް ވަނީ އޭނާ  ހަނީމޫނަށްދާން އެންމެ ބޭނުންވާ ދެ ގައުމުގެ ނަން އާއިލާ ތެރެއިން ލިބިފަ އެވެ. އެއީ ރާއްޖެ އާއި ގްރީސް އެވެ.

އެންމެންވެސް ހީކޮށްގެން ތިބީ ސޯނަމް ހަނީމޫނަށް އަންނީ ރާއްޖެ  ކަމަށެވެ. އެކަމަކު އޭނާ މީޑީއާގައި ބުނެފައިވަނީ އެ ދެމަފިރިން ހަނީމޫނަށް ދާނީ ގްރީސްއަށް ކަމަށެވެ.

އެމީހުންނަށް ހަދިޔާއެއްގެ ގޮތުގައި ހަނީމޫންގެ ހުރިހާ ހަރަދެއް ދީފައިވަނީ ސޯނަމްގެ އާއިލާ މީހެކެވެ. ގްރީސް އާއި ރާއްޖޭގެ ތެރެއިން ދާން ބޭނުންވާ ގައުމެއް ކަނޑައެޅުމުގެ އިހުތިޔާރު ސޯނަމް އަށް ދިނީ އެއީ އޭނާ ހަނީމޫނަށް ދާން އަބަދުވެސް އެންމެ ބޭނުން ދެ ގައުމު ކަމަށްވާތީ އެވެ.

ސޯނަމް އާއި އަނަންދު ކައިވެނި ކުރީ މިމަހުގެ އަށް ވަނަ ދުވަހު އެވެ. އަނަންދު އަހޫޖާ އާއި ސޯނަމް ކައިވެނިކޮށްފައިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަތަރު އަހަރު ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް