ބާން ތައި ރެސްޓޯރެންޓަކީ ދިވެހިންގެ މެދުގައި އަބަދުވެސް މަގްބޫލު ރެސްޓޯރެންޓެކެވެ. މި ރެސްޓޯރެންޓުން މި ރަމަޟާން މަހަށް ރޯދަ މެނޫއާއެކު މިވަނީ ސަޅި ލަކީ ޑްރޯއެއްވެސް ފަށާފަ އެވެ.
ބާން ތައި އިން ރޯދަވީއްލައިގެން މި ތަފާތު ލަކީޑްރޯގައި ބައިވެރި ވެވިދާނެ އެވެ.
އެއްވަނަ އިނާމަކީ ކޮކޯޕާމް ބޮޑުހިތި ރިސޯޓްގައި ދެ ބޭފުޅަކަށް އެއް ދުވަހު މަޑުކޮށްލުމުގެ ފުރުސަތެވެ. ހުރިހާ ހަރަދެއް ބާން ތައި އިން ކަވަރު ކުރާގޮތަށެވެ. ދެވަނަ އިނާމެއްގެ ގޮތުގައި ސަރުތު ތަކަކާއެކު ހަތަރު ބޭފުޅަކަށް ބާން ތައި އިން ހާއްސަ ޑިނާއެއް ލިބޭއިރު ތިންވަނަ އިނާމެއްގެ ގޮތުގައި ހިމަނާފައިވަނީ ސަރުތުތަކަކާއެކު ހަތަރު ބޭފުޅަކަށް ބާން ތައިގެ ހާއްސަ ޑިނާއެއް ލިބޭއިރު އެ ޑިނާއިން 50 އިންސައްތަ ޑިސްކައުންޓް ލިބޭ ކަމެވެ.
ބާން ތައި ގެ ރޯދަ މެނޫވެސް ހަމަ އެހާމެ ތަފާތެވެ. ރޯދަ މެނޫގައި ތިން ސެޓްމެނޫއެއް ކަނޑައަޅާފައިވާއިރު މި ތިން މެނޫ ހާއްސަ ކޮށްފައިވާ ގޮތަކީ ހުކުރު ދުވަހުން އާދީއްތަ ދުވަހަށް ވަކި ސެޓް މެނޫއެއް، ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ވަކި ސެޓް މެނޫއެއް އަދި އާދީއްތައިން ބުދަ ދުވަހަށް ހާއްސަ ވަކި ސެޓް މެނޫ އެކެވެ.
މެނޫގައި ހިމަނާފައިވާ ބެވެރެޖަސް އަށް ބަލާލާއިރު ތާޒާ ކަރާފަންޏާއި ކުރުނބާ ފަނި އަދި ފަލޫދާ އާއި ފޭރު ޖޫސް ހިމަނާފައި ވެ އެވެ.
ސްޓާޓާގެ ގޮތުގައި ޗިކަން އަދި ޓޫނާ ސޭންޑްވިޗާއެކު އެކި ބާވަތްތަކުގެ ހެދިކާ ހިމަނާފައި ވެ އެވެ. ސެލެޑުގެ ގޮތުގައި ކޮންމެ ދުވަހަކުވެސް ތިން ވައްތަރެއްގެ ސެލެޑު ހިމަނާފައި ވެ އެވެ.
މެއިން ޑިޝް ތަކަށް ބަލައިލާއިރު ރޮށި، ފެންފޮޅި، މެކްސިކަން ރައިސް، ގްރިލްޑް ފިޝް ވިތު ގާލިކް ބަޓަރ، ލެބަނީސް ގްރިލްޑް ޗިކަން، ފިހުނުމަސް، ކަންކުން ބީފް، ޑެވިލްޑް ބީފް އާއި ކުޅިމަހުގެ އިތުރުން އިތުރު އެތައް ބާވަތެއް ހިމަނާފައި ވެ އެވެ.
ޑެޒަޓްގެ ގޮތުގައި އައިސްކްރީމާއެކު ފްރުޓް ސެލަޑް، ކެރަމަލް ޕުޑިން އާއި ބިސްކަޓް ޕުޑިން، ތާޒާ މޭވާ އާއި ޕިރިނީވެސް ހިމަނާފައި ވެ އެވެ.
ބާން ތައި ރޯދަ މެނޫގެ އަގަކީ ބޮލަކަށް 275 ރުފިޔާ އެވެ. އިތުރު އުފާވެރި ހަބަރަކީ މި މަހުގެ 31 ގެ ކުރިން ބާން ތައި އިން ރޯދަ ވީއްލާނަމަ ބޮލަކަށް ޗާޖު ކުރާނީ 275 ރުފިޔާގެ ބަދަލުގައި 250 ރުފިޔާ ކަމެވެ.
ބާން ތައި ރޯދަ ވީއްލުން ރިޒަވޭޝަން ހައްދަން ބޭނުންފުޅު ނަމަ 7841030 ނުވަތަ 3322488 އަށް އަވަހަށް ގުޅާލާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް