ރާއްޖޭގެ ހަ އަތޮޅެއްގައި 500 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ހައުސިން ޔުނިޓު އަޅަން ނިންމާފައިވަނީ ށ. ކޮމަންޑޫ، ރ. މަޑުއްވަރީ، ބ. އޭދަފުށި، ދ. ކުޑަހުވަދޫ އާއި މީދޫ އަދި ލ. ގަމެވެ. މި ރަށްތަކުގައ ހައުސިން ޔުނިޓު އަޅަން ނިންމާފައިވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލްގެ ދަށުންނެވެ.
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި ރަށްތަކުގައި ހައުސިން ޔުނިޓު އަޅަން ޝައުގުވެރިވާ ރާއްޖެއާއި، ބޭރުގެ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ބީލަމުގައި ބައިވެރިވުމަށް 1.500 ރުފިޔާގެ ނޮން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ އެވެ. ފައިސާ ބަލައިގަތުން އަންނަ ހަފުތާގެ ބުދަ ދުވަހާ ހަަމައަށް އޮންނައިރު ބީލަން ހުޅުވަން ހަމަޖައްސާފައިވަނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހެވެ.
މި މަޝްރޫއުގެ ދަށުން ކޮމަންޑޫ، މަޑުއްވަރީ، ކުޑަހުވަދޫގެ އިތުރުން މީދޫގައި އަޅަން ނިންމާފައިވަނީ 50 ހައުސިން ޔުނިޓެވެ. އޭދަފުށީގައި 100 ޔުނިޓް އަޅާއިރު ގަމުގައި އަޅަން ހަމަޖައްސާފައިވަނީ 200 ހައުސިން ޔުނިޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް