ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީއަށް ޔެލޯ އެލާޓު ނެރެފި

މޫސުން ގޯސްވެ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް ޔެލޯ އެލާޓު ނެރެފި އެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ އެ ދެ ސީޓިއަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. ޔެލޯ އެލާޓު ނެރެފައިވަނީ މިއަދު މެނ...

23 Apr 2020 | 07:24

މޫސުން ގޯސްވެ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް ޔެލޯ އެލާޓު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ އެ ދެ ސީޓިއަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. ޔެލޯ އެލާޓު ނެރެފައިވަނީ މިއަދު މެންދުރު12:10 ން ހަވީރު4:00 އަށެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސް ނަމަވެސް މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި އެއްވެސް ސަރަހައްދަކަށް ވައި ގަދައެއް ނުވާނެ އެވެ.

އެ އިދާރާއިން ލަފާ ކުރާ ގޮތުގައި ހުރިހާ ސަރަހައްދުތަކަކަށް ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ހަ މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ބުނެ އެވެ.

ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވާނެ އެވެ.

https://twitter.com/MetMaldives/status/1253219615439835137

މޫސުން ގޯސްވެ ރޭ މެދު ރާއްޖެތެރެއަށްވެސް ވަނީ ޔެލޯ އެލާޓު ނެރެފައި އެވެ. މޫސުން ގޯސްވަމުންދާތީ ކަނޑުދަތުރު ކުރަން ފެށުމުގެ ކުރިން މޫސުމަށް ސަމާލުވުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް