ލަންކާގައި އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކުގައި 320 އަށްވުރެ ގިނަ މީހުން މަރުވެފައިވާ މި ދަނޑިވަޅުގައި ރައްޔިތުން އިތުރަށް ހާސްވާފަދަ ދޮގު މައުލޫމާތުތަކެއް ފެތުރި ދެމީހަކު ލަންކާ ފުލުހުން ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ، ލަންކާ ފެނުގެ ސަޕްލައި އަށް ޒަހަރު ތަގައްޔަރުކޮށްފައިވާކަމަށްބުނެ ދޮގު މައުލޫމާތު ފެތުރި ދެމީހެކެވެ.
ލަންކާ ފުލުހުން ބުނެފައިވާގޮތުގައި މި ދެމީހުންނަކީވެސް ކޮލޮމްބޯ 15، މަޑަމްޕިޓިޔަ އަށް ނިސްބަތްވާ ދެމީހުންނެވެ. އެ ދެމީހުންގެ ރިމާންޑް މުއްދަތު އަންނަ މަހުގެ ހަވަނ ދުވަހާއި ހަމައަށް އިތުރުކޮށްފައިވާކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
މިދަނޑިވަޅުގައި މިފަދަ ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާއިމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގައިވެސް ލަންކާ ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް