ލަންކާ ބޮމުގެ ހަމަލާއާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފި

މިދިޔަ އާދިއްތަ ދުވަހު ލަންކާއަށް ދިން ބޮމުގެ ހަމަލާއާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވައިފިއެވެ. މިއަދު ވަޒީރުންގެ މަޖިލީހުގައި ސްރީލަންކާއަށް ކުރިމަތިވި ހިތާމަވެރި ހާލަތާބ...

23 Apr 2019 | 14:36

މިދިޔަ އާދިއްތަ ދުވަހު ލަންކާއަށް ދިން ބޮމުގެ ހަމަލާއާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވައިފިއެވެ.

މިއަދު ވަޒީރުންގެ މަޖިލީހުގައި ސްރީލަންކާއަށް ކުރިމަތިވި ހިތާމަވެރި ހާލަތާބެހޭގޮތުން ކުރެވުނު މަޝްވަރާގައި މިފަދަ ޓެރެރިސްޓް ހަމަލާތަކުން ދިވެހިރާއްޖެ ރައްކާތެރި ކުރެވިދާނެ ގޮތްތަކާބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ ގޮތުން އެ ޤައުމުގައި ހުންނަ ދިވެހި އެމްބަސީގެ ދިދަވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ.

މި ހަމަލާގައި މިހާތަނަށް 310 މީހުން މަރުވެފައި ވާއިރު 500 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް