މާލެއިން ހުޅުމާލެއަށް ފައިމަގުގަޔާއި ބައިސްކަލުގައި ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ޔޫތް މިނިސްޓަރު އަހްމަދު މަހުލޫފާއި، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްސަލުވުމުގައި، ސިނަމާލެ ބްރިޖުން ހުޅުލެއާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭ މެދުވެރިކޮށް، ބައިސްކަލު އަދި ފައިމަގުން ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.
މި މަޝްވަރާތަކާ ގުޅޭގޮތުން ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ކުރެއްވި ޓުއީޓެއްގައި ވިދާޅުވީ، މާލެއިން ހުޅުމާލެއަށް ބައިސްކަލުގައި އަދި ހިނގާފައި ނުވަތަ ދުވެފައި ދެވޭނެ ގޮތެއް ހޯދުމަށް މިނިސްޓްރު ނަހުލާ އާއި އެކު މިއަދު މަޝްވަރާކުރެވުނު ކަމުގައެވެ. އަދި ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަކެއް އެޅުމަށްފަހު މިކަމަށް ހައްލެއް ހޯދައިދޭނެ ކަމަށްވެސް މިނިސްޓަރު މަހުލޫފުގެ ޓްވީޓުގައި ފާހަގަކުރައްވާފައި ވެއެވެ.
https://twitter.com/AhmedMahloof/status/1120627908551135232
ސިނަމާލެ ބްރިޖް ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްމަހުގެ 30 ވަނަ ދުވަހު ކުރީގެ ރައީސް ޔާމީނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް