މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން އެސްޓީއޯގެ ކޮންމެ ހިއްސާ އަކަށް 58ރ. ބަހަން، އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފިއެވެ.
އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން އެގޮތަށް މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޖަލްސާގައި ފާސްކޮށްފައިވާއިރު، ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ގޮތަށް ހިއްސާ އަކަށް 58ރ. ބަހާނީ، އަހަރީ އާންމު ޖަލްސާ އިން އެކަން ފާސްކުރުމުންނެވެ.
މި އަހަރު ހިއްސާ ދާރުންނަށް ބަހަން ނިންމާފައިވާ އަދަދަކީ ކުރީ އަހަރު ތަކާ އަޅާ ބާލާއިރު ބޮޑު އަދަދެކެވެ. މިދިޔަ އަހަރުގެ ހަތަރު ކުއާޓާގައިވެސް އެސްޓީއޯ އަށް ވަނީ ބޮޑު ފައިދާއެއް ލިބިފައެވެ.
އެސްޓީއޯ އަށް 2017 ވަނަ އަހަރު ލިބުނު ފައިދާގެ ތެރެއިން ހިއްސާދާރުންނަށް ބެހީ، ހިއްސާ އަކަށް 55ރ. އެވެ.
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ އޮންނާނީ އަންނަ މަހުގެ 30 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް