އާދީއްތަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކަކީ ނިއުޒިލެންޑްގެ ކްރައިސްޓްޗާޗް ދެ މިސްކިތަށް ދިން ހަމަލާގެ ބަދަލުހިފުމެއް ކަމަށް ތަހުގީގާ ހަވާލާދީ ލަންކާއިން ބުނެފިއެވެ.
ލަންކާގައި އަށް ތަނެއްގައި ބޮން ގޮއްވާލުމުގެ ސަބަބުން 321 މީހަކު މަރުވެފައިވާއިރު ބޮން ގޮއްވާފައިވަނީ ކްރިސްޓިއަނުން އަޅުކަން ކުރާ ތިން ފައްޅިއެއްގައާއި ފަތުރުވެރިން ތިބޭ ތިން ހޮޓަލެއްގެ އިތުރުން އިތުރު ދެތަނެއްގައެވެ.
މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މި ހަމަލާތަކާއި ގުޅިގެން 40 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި މި ހަމަލާތަކަކީ ލަންކާގެ ތައުހީދު ޖަމާއަތުގެ ހަމަލާތަކެއް ކަމަށްވެސް ލަންކާ ސަރުކާރުން ބުނެފައިވެއެވެ. ލަންކާ ސަރުކާރުން ބުނެފައިވާގޮތުގައި ތައުހީދު ޖަމާއަތުން މި ހަމަލާތައް ދީފައިވަނީ ބައިނަލްއަގްވާމީ ޖަމާއަތަކާއިވެސް ގުޅިގެންނެވެ.
ފުލުހުން ބުނެފައިވާގޮތުގައި އިތުރު ހަމަލާތަކެއްވެސް ދޭން މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް ބައެއް ހަމަލާތައް ވަނީ ފެއިލް ކޮށްލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް