އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ

ދާދި ދެންމެއަކު އައްޑޫ ސިޓޫ ހިތަދޫ ކުނި ކޮށި ކައިރީ އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެއެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ މެޑި ސިޓީ ވޭނަކާއި ދެ ސައިކަލު ޖެހިގެންނެވެ. މި އެކްސިޑެންޓް ހިނގީ، ބާރ...

23 Apr 2019 | 10:09

ދާދި ދެންމެއަކު އައްޑޫ ސިޓޫ ހިތަދޫ ކުނި ކޮށި ކައިރީ އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މެޑި ސިޓީ ވޭނަކާއި ދެ ސައިކަލު ޖެހިގެންނެވެ. މި އެކްސިޑެންޓް ހިނގީ، ބާރު ސްޕީޑުގައި މި ވޭން ދުއްވާފައި ދަނިކޮށް ސައިކަލެއްގައި ޖެހި، ސައިކަލު ވިއްސައިގެން ދިޔަ ވަގުތު އެހެން ސައިކަލެއްގައި ޖެހިގެންނެވެ.

އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ސައިކަލުގައި ތިބި ދެމީހުންނަށެވެ. މިކަން ފުލުހުން ވަނީ ދުވަހަށް ކަށަވަރު ކޮށްދީފައެވެ.

މި އެކްސިޓެންޓްގައި މަރުވެފައިވަނީ ވެމްކޯގައި މަސައްކަތްކުރާ ޒުވާނެއް ކަމަށް މައުލޫމާތު ލިބެއެވެ. މި މީހާ މަރުވެފައިވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް