ވަޒީފާއެއް ހޯދާނަމަ އަދި ވަޒީފާތަކަށް ކުދިން ހޯދާ ނަމަ ހިޔާރު ކުރަންވީ ޖޮބްސިކަލް

ވަޒީފާއެއް ހޯދަން ކުރަންޖެހޭ މަސައްކަތް މިއަދު މިވަނީ ވަރަށްބޮޑަށް ފަސޭހަވެފައެވެ. ނޫސްތަކުންނާއި އެކި ދިމަދިމާލުން ވަޒީފާގެ ފުރުސަތުގެ އިއުލާންތައް ހޯދަން ކުރަންޖެހޭ މަސައްކަތް މިއަދު މިވަނީ އީޖާދީ ގ...

23 Apr 2019 | 09:12

ވަޒީފާއެއް ހޯދަން ކުރަންޖެހޭ މަސައްކަތް މިއަދު މިވަނީ ވަރަށްބޮޑަށް ފަސޭހަވެފައެވެ. ނޫސްތަކުންނާއި އެކި ދިމަދިމާލުން ވަޒީފާގެ ފުރުސަތުގެ އިއުލާންތައް ހޯދަން ކުރަންޖެހޭ މަސައްކަތް މިއަދު މިވަނީ އީޖާދީ ގޮތަކަށް ބަދަލު ކޮއްލާފައެވެ. ދިވެހި ސްޓާރޓަޕް ކުންފުންޏެއް ކަމަށްވާ ޓެކްނޯސިސް އިން މީގެ 3 އަހަރު ކުރިން ފަށައިގަތް ޖޮބްސިކަލް ވެބްސައިޓަކީ ވަޒީފާ ހޯދައި އަދި އިއުލާންކުރުމަށް އިންގިލާބީ ބަދަލުތަކެއް ގެނުވައިފައިވާ ފުރިހަމަ ވެބްސައިޓެކެވެ. ޖޮބްސިކަލް އަކީ ދިވެހި އަމިއްލަ ބްރޭންޑެކެވެ. ވަޒީފާގެ ބާޒާރުގައި ނަންހިގާ އިތުބާރު ކުރެވޭ ނަމެކެވެ. މިކަން ހާމަވެގެންދަނީ ލިބެމުންދާ ތަރުހީބުންނެވެ. ރާއްޖޭގެ 1،000 އައްވުރެ ގިނަ ކުންފުނިން ދަނީ ޖޮބްސިކަލް ބޭނުންކުރަމުންނެވެ. ޖޮބްސިކަލްގައި 10،000 އައްވުރެ ގިނަ ރަޖިސްޓަރޑް ޖޮބްސީކާރސް މިވަގުތު އެބަތިއްބެވެ.

2019 އަހަރުގެ މާރޗް މަހުގައި ޖޮބްސިކަލްއިންވަނީ އީޖާދީ އާހިދުމަތް ތަކެއް ތާއާރަފް ކޮއްފައެވެ. މިގޮތުން ވެބްސައިޓް އަދި މޮބައިލް އެޕްލިކޭޝަން ރީޑިޒައިން ކޮށް ރާއްޖޭގެ ފުރަތަމަ ޓެލެންޓްޕޫލްގެ ހިދުމަތް ވަނީ ފެށިވައެވެ. ޖޮބްސިކަލް މޮބައިލް އެޕްލިކޭޝަން ފޯނަށް އިންސްޓޯލް ކޮށްލުމުން ވަޒީފާގެ ފުރުސަތުތަށް ނޮޓިފިކޭޝަންގެ ގޮތުގައި ފޯނަށްލިބެއެވެ. އަދީ އެޕްލިކޭޝަން ތެރެއިން ޒަމާނީ ޑިޒައިނެއްގެ ސީވީ އެއް ފުރާލެވެއެވެ. ސެޓްފިކެޓް އަދި އެހެނިހެން ލިޔެކިއުންތަށްވެސް ފޯން ބޭނުންކޮއްގެން ސްކޭން ކޮއްލުމަށްފަހު ސީވީއާއި ގުޅުވާލެވެއެވެ. އެންމެ ބޮޑު އެއްފަސޭހައަކީ އެޕްލިކޭޝަންގައި ފުރިހަމަ ކޮއްލެވުނު ސީވީ ބޭނުންކޮށްގެން ސިކުންތު ކޮޅެއްގެ ތެރޭގައި ބޭނުން ވަޒީފާއަކަށް ކުރިމަތި ލެވުމެވެ. ސީވީ ޕްރިންޓް ކޮށް އަދި ސެޓްފިކެޓްތަށް ފޮޓޯކޮޕީ ހައްދާކަށް ދެން ނުޖެހޭނެއެވެ. ވަޒީފާއަށް ޝޯޓްލިސްޓް ވުމުން ނުވަތަ އިންޓަވިއު އަކަށް ހޮވުމުންވެސް އެޕްލިކޭޝަން އިން ވަގުތުން ނޮޓިފިކޭޝަންއެއް ލިބޭނެއެވެ. މިއީ ވަރަށްވެސް ލުއިފަސޭހަ އަދި ފުރިހަމަ އީޖާދެކެވެ.

ޖޮބްސިކަލްގައި ވަޒީފާ އިއުލާންކުރާ ކުންފުނިތަކަށް ލިބޭ އެންމެ ބޮޑު އެއްފަސޭހައަކީ ވަޒީފާއަށް ކުރިމަތިލައިފައިވާ ހުރިހާ ފަރާތެއް އެއްތަނަކުން މެނޭޖް ކޮށް، ފިލްޓަރ ކޮށް، ރޭންކް ކޮށްލެވުމެވެ. ޖޮބްސިކަލްގެ ހާއްސަ އަލްގަރިދަމް އަކުން ކޮންމެ ކެންޑިޑޭޓެއް ރޭންކް ކުރެވެއެވެ. މިރޭންކިން ބިނާވެފައިވާނީ ކެންޑިޑޭޓްގެ ތަޖުރިބާއާއި ތައުލީމީ ފެންވަރުގެ މައްޗަށެވެ. މިހެންކަމުން ކޮންމެ ވަޒީފާއަކަށްވެސް ކުރިމަތިލައިފައިވާ އެންމެ ގާބިލް ކެންޑިޑޭޓް ހޯދާލަން ސިކުންތު ކޮޅެއްވެސް ނުނަގާނެއެވެ. ޖޮބްސިކަލްގެ މެސެޖިންގް ސިސްޓަމް މެދުވެރިކޮށް ކެންޑިޑޭޓުންނާއި ޗެޓްކޮށް ފައިލް ޓްރަންސްފަރ ވެސް ހިއްސާކޮއްލެވޭނެއެވެ. މިސާލަކަށް ކެންޑިޑޭޓެއްގެ ސީވީގައި އިން އައިޑީކާޑު ނުސާފު ވެއްޖެ ނަމަ ޖޮބްސިކަލް މެޖެސްޖިން އިން އެކަން އަންގާލެވިދާނެއެވެ. އަދި ކެންޑިޑޭޓަށް ފޯން އެޕްލިކޭޝަން މެދުވެރިކޮށް އައިޑީކާޑު އަލުން ސްކޭން ކޮއްލުމަށްފަހު ކުންފުންޏަށް މެސެޖް ކޮއްލެވޭނެއެވެ.

ޓެލެންޓްޕޫލް އަކީ ޖޮބްސިކަލްގައި ރެޖިސްޓަރ ވެފައިވާ އެތައްސަތޭކަ ޖޮބްސީކާރސް އަދި އެކި ދާއިރާތަކުން ޕްރޮފެޝަނަލް ބޭފުޅުންގެ ޕްރޮފައިލް އަދި ސީވީ ޑާޓާބޭސް އެކެވެ. ހަމައެކަނި ވެރިފައިޑް ކުންފުނިތަކަށް އެކްސެސް ލިބޭ މިޑޭޓާބޭސް އަކީ ވަޒީފާދޭފަރާތްތަކުން އެކިދާއިރާތަކުގެ، އެކި ފަންތީގެ ކެންޑިޑޭޓުން ހޯދުމަށް ލިބުނު ވަރަށްބޮޑު ފަސޭހައެކެވެ.

މީގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން ފޯ އެޗްއާރު ޕްރޮފެޝަނަލްސް (މާރޕް) އާއި ގުޅިގެން ޖޮބްސިކަލްއިން އަންނަނީ އެކި ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ. މިއަހަރުގެ ތެރޭގައި ޖޮބްސިކަލްގެ ފަރާތުން ވަޒީފާ ހޯދާފަރާތްތަކަށް ހިލޭ ޓްރެއިނިންގް ސެޝަންއަދި ކެރިއަރ ގައިޑެސްންސްގެ ހިދުމަތް ފެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ޖޮބްސިކަލް އިންމިވަނީ ދިވެހިންގެ ދިރިއުޅުމަށް ވަރަށްބޮޑެތި ލުއިފަސޭހަ ތަކެއްގެނުވާފައެވެ.

ޖޮބްސިކަލް
ވެބްސައިޓް އެޕަލް އެޕް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް