އެމްޑީޕީ ނޫން ޕާޓީތަކަށް ފައިސާ ދޫކުރަނީ، އެންމެ ގިނަ ފައިސާ ޕީޕީއެމްއަށް

މިއަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ފައިސާގެ ތެރެއިން އެމްޑީޕީއަށް ކަނޑައެޅިފައިވާ ފައިސާ ފިޔަވާ އެހެން ޕާޓީތަކަށް ފައިސާ ދޫކުރަން ނިންމައިފި އެވެ. އެމްޑީޕީއަށް ފައިސާ ދޫނު...

23 Apr 2018 | 11:23

މިއަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ފައިސާގެ ތެރެއިން އެމްޑީޕީއަށް ކަނޑައެޅިފައިވާ ފައިސާ ފިޔަވާ އެހެން ޕާޓީތަކަށް ފައިސާ ދޫކުރަން ނިންމައިފި އެވެ.

އެމްޑީޕީއަށް ފައިސާ ދޫނުކުރަން ނިންމީ އެ ޕާޓީގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ނުވާތީ އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އަދިވެސް އެ ޕާޓީއަށް ފުރުސަތު އެބައޮތް ކަމަށާއި އަންނަ މެއި މަހުގެ އަށް ވަނަ ދުވަހުގެ ކުރިން އެ ރިޕޯޓުތައް ހުށަހަޅައިފި ނަމަ ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް އަންގާނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ތެރެއިން ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވަނީ ވެރިކަން ކުރާ ޕީޕީއެމް އަށާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އަދި އިދިކޮޅު ޖުމްހޫރީ ޕާޓީ އަށެވެ. އީސީން ބުނީ އެ ޕާޓީތަކުން ވަނީ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓު ހުށަހަޅާފައި ކަމަށެވެ.

އީސީން ބުނީ މިއަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް 24,248,671,00 ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޕާޓީތަކަށް ފައިސާ ދޫކުރަނީ ޕާޓީގައި މެމްބަރުން ތިބި އަދަދަށް ބަލައި ކޮންމެ މެމްބަރަކަށް 251.58 ރުފިޔާގެ މަގުންނެވެ.

އޭގެ ތެރެއިން ޕީޕީއެމްއަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 11،538،660.13 ރުފިޔާ އެވެ. އެމްޑީޕީ އަށް 7،486،732.56 ރުފިޔާ ކަނޑައެޅިފައިވެ އެވެ.

ޖުމްހޫރީ ޕާޓީއަށް ލިބެނީ 2،572،392.58 ރުފިޔާ އެވެ. އަދި އެމްޑީއޭއަށް ލިބެނީ 2،650،885.58 ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް