ގެއްލުނު ދެކުދިންގެ ތެރޭން ކުއްޖަކަށް ނިސްބަތްވާކަމަށް ބެލެވޭ ސޯޓެއް ފެނިއްޖެ

ހޮނިހިރު ދުވަހުން ފެށިގެން އައްޑޫ ސިޓީ ހިތަދޫން ގެއްލިގެން ހޯދަމުންދާ ދެ ކުދިންގެ ތެރެއިން ކުއްޖަކަށް ނިސްބަތްވާކަމަށް ބެލެވޭ ސޯޓެއް ފެނިފައިވާކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނެފައިވާގޮތުގައި ...

23 Apr 2018 | 08:39

ހޮނިހިރު ދުވަހުން ފެށިގެން އައްޑޫ ސިޓީ ހިތަދޫން ގެއްލިގެން ހޯދަމުންދާ ދެ ކުދިންގެ ތެރެއިން ކުއްޖަކަށް ނިސްބަތްވާކަމަށް ބެލެވޭ ސޯޓެއް ފެނިފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނެފައިވާގޮތުގައި މި ސޯޓު ފެނިފައިވަނީ ހިތަދޫ ފްލެޓްތަކާއި ދިމާ ގޮނޑުދޮށުންނެވެ.

ސޯޓެއް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވާއިރު އޭގެން ކުއްޖަކަށް ނިސްބަތްވާކަމަށް ބެލެވޭ ޓީޝާޓެއް ފެނުނު ކަމަށް ފުލުހުން އިއްޔެ ބުނެފައި ވެ އެވެ.

ނަމަވެސް އެ ދެކުދިންނާއެކު މޫދަށް ދިޔަ ތިންވަނަ ކުއްޖާ ބުނެފައިވަނީ އެއީ އޭގެން ކުއްޖަކަށް ނިސްބަތްވާ ޓީޝާޓެއް ނޫން ކަމަށެވެ.

ސަލާމަތްވި ރާއިފު މިހާރު ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެ ދުވަހު އެމީހުން މޫދަށް އެރުނު އިރު ލައިގެން ތިބީ އޭގެ ޓީޝާޓު ނޫން ކަމަށެވެ. މަޔާމީން އާއި ރާއިފު މޫދަށް އެރުނީ ޓީޝާޓު ބާލާފައި ކަމަށާއި ފަހުމީ މޫދަށް އެރުނީ ބުރަކަށީގައި "އެފްސީ ހިތަދޫ" ޖަހާފައި އިން ނޫ ކުލައިގެ ޓީޝާޓެއް ލައިގެން ކަމަށެވެ.

ގެއްލިފައިވާ ދެކުދިން ހޯދުމުގެ މަސައްކަތް ސަލާމަތީ ހިދުމަތްތަކުން އަންނަނީ މެދުނުކެނޑި ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް