ކާނިވާ ސަރަހައްދުގައި އަޅަމުން އަންނަ މިސްކިތް ކައިރީގައި ފުލުހަކު ޒަހަމް ކޮށްލައިފި

ކާނިވާ ސަރަހައްދުގައި އަޅަމުން އަންނަ މިސްކިތް ކައިރީގައި ރޭ ފުލުހަކަށް ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ. ފުލުހުން ބުނީ ފުލުސް މީހާގެ ގައިގަ ތަޅާ މާރާމާރީ ހިންގައި ތޫނުއެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާ...

23 Apr 2018 | 04:29

ކާނިވާ ސަރަހައްދުގައި އަޅަމުން އަންނަ މިސްކިތް ކައިރީގައި ރޭ ފުލުހަކަށް ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.

ފުލުހުން ބުނީ ފުލުސް މީހާގެ ގައިގަ ތަޅާ މާރާމާރީ ހިންގައި ތޫނުއެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާކަމަށެވެ.

އެގޮތުން ބުރަކަށްޓަށާއި ކަނދުރާއަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށާއި ފުލުސް މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައިކަމުގައިވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް