ހޮނިހިރު ދުވަހުން ފެށިގެން އައްޑޫ ސިޓީ ހިތަދޫން ގެއްލިގެން ހޯދަމުންދާ ދެ ކުދިންގެ ޓީޝާޓު ކަަމަށް ބެލެވޭ ޓީޝާޓެއް ފެނުނަސް އެއީ އެކުދިންގެ އެއްޗެއް ނޫންކަމަށް އެ ހާދިސާގައި ސަލާމަތްވި އަލީ ރާއިފު ބުނެފި އެވެ.
ރާއިފު އާއި އެކު އެ ދުވަހު މޫދަށް އެރުނުތަނާ ގެއްލިފައިވަނީ އަލީ ފަހުމީ އާއި މަޔާމިން އަލީ އެވެ.
ސަލާމަތްވި ރާއިފު މިހާރު ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެ ދުވަހު އެމީހުން މޫދަށް އެރުނު އިރު ލައިގެން ތިބީ އޭގެ ޓީޝާޓު ނޫން ކަމަށެވެ. މަޔާމީން އާއި ރާއިފު މޫދަށް އެރުނީ ޓީޝާޓު ބާލާފައި ކަމަށާއި ފަހުމީ މޫދަށް އެރުނީ ބުރަކަށީގައި "އެފްސީ ހިތަދޫ" ޖަހާފައި އިން ނޫ ކުލައިގެ ޓީޝާޓެއް ލައިގެން ކަމަށެވެ.
ފުލުހުން އިއްޔެ ހެނދުނު ބުނީ ގެއްލިގެން ހޯދަމުންދާ ދެ ކުދިންގެ ޓީޝާޓު ކަމަށް ބެލެވޭ ޓީޝާޓެއް އިއްޔެ ރޭ ފެނިފައިވާ ކަމަށެވެ. އެކަމަކު އެކަމަކު އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ،
މި ހާދިސާގައި ގެއްލުނު ފަހުމީ އާއި މަޔާމީންގެ ހިލަމެއް މިހާތަނަށް ވެފައެއް ނުވެ އެވެ. އެކަމަކު ދެ ކުދިން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ސިފައިންނާއި އާންމުން އަދި ފުލުހުން ގުޅިގެން ދަނީ ކުރަމުންނެވެ.
އެ ކުދިން އެ ދުވަހު މޫދަށް އެރިފައިވަނީ ހިތަދޫ ކޯއްޓޭ ސަރަހައްދަށެވެ. މިހާދިސާގައި ރާއިފު ސަލާމަތްކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމަށްވާ ހަސަން ދީދީގެ ހިތްވަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް