އިޝާން ކައްޓަރު އަނެއްކާވެސް އެންމެން ހައިރާން ކޮށްލައިފި

ޝާހިދު ކަޕޫރުގެ އެއް ބަނޑު ކޮއްކޮ އިޝާން ކައްޓަރު ބޮލީވުޑަށް ތައާރަފުވި ފިލްމު ރިލީޒް ކުރީ މިދިޔަ ހުކުރު ދުވަހު އެވެ. "ބިޔޯންގް ދި ކްލައުޑް" ރިލީޒް ކުރި ފުރަތަމަ ދުވަހު އިޝާން ވަނީ އޭނާގެ ހުނަރު މުޅި ...

23 Apr 2018 | 02:08

ޝާހިދު ކަޕޫރުގެ އެއް ބަނޑު ކޮއްކޮ އިޝާން ކައްޓަރު ބޮލީވުޑަށް ތައާރަފުވި ފިލްމު ރިލީޒް ކުރީ މިދިޔަ ހުކުރު ދުވަހު އެވެ.

"ބިޔޯންގް ދި ކްލައުޑް" ރިލީޒް ކުރި ފުރަތަމަ ދުވަހު އިޝާން ވަނީ އޭނާގެ ހުނަރު މުޅި ދުނިޔެއަށް ދައްކާލާފައި އެވެ. ފިލްމުގައި އިޝާން އަދާކޮށްފައިވާ ރޯލަށް އެންމެގެ ސަޕޯޓާއި ތައުރީފު ލިބިފައިވެ އެވެ.

މީގެ ކުރިން އިޝާން އެންމެން ހައިރާން ކޮށްލީ މި ފިލްމު ކުޅުމަށް ތައްޔާރުވުމުގެ ގޮތުން 12 ދުވަހުގެ ތެރޭގައި އަށް ކިލޯ އިޝާންގެ ގައިން ހިއްކާލުމުންނެވެ.

ފިލްމު ފުރަތަމަ ދުވަހު އެކަނިވެސް 25 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި އެވެ. މި ފިލްމަކީ ކާމިޔާބު ފިލްމަކަށް ވާނެކަމަށް ކުރިންވެސް ބެލެވިފައިވާ ކަމަށް  ބޮލީވުޑް ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވެ އެވެ.

އެއީ އިންޑިއާ މީހުން ބޭނުންވާ ރަހަ ނުވަތަ އިންޑިއާގެ އާދަ ކާދަ އަދި ދިރިއުޅުމުގެ ހާލަތު މި ފިލްމުގައި ފެނިގެން ގޮސްފައިވާތީ އެވެ. އެ ރަހަތައް މި ފަހަކަށް އައިސް އިންޑިއާގެ ފިލްމު އުފައްދާ ފަރާތްތަކަށް ދެއްކިފައި ނުވާކަމަށާއި މި ފިލްމުގައި އެެ ރަހަތަށް ހިމެނިފައި އެވަނީ ގައުމުން ބޭރު މީހަކު އުފެއްދި ފިލްމަކަށް ވާތީ ކަމަށެވެ.

"ބިޔޯންގް ދި ކްލައުޑް" ގެ ޑައިރެކްޓަރަކީ އީރާނަށް ނިސްބަތްވާ މާޖިދް މަޖީދީ އެވެ.

މި ފިލްމުގައި ފެނިގެންދަނީ ބޭބެ އަކާއި ކޮއްކޮއެއްގެ ގުޅުމެވެ. ދެކުދިން ބޮޑުވެގެން އަންނަނީ އިންޑިއާގެ ފަގީރު ސްލަމްއެއްގައި އެވެ. އެކަމަކު ފަހުން ބޭބެއަށް ރަނގަޅު އާއިލާއެއް ލިބޭތަނެވެ.

މި ފިލްމުގައި އިޝާން އާއި އެކު ފެނިގެންދަނީ މަލާވިކާ މޯހަނަން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް