ގެސްޓްހައުސް އަކުން ޒުވާނުންތަކެއް ހައްޔަރުކޮށްފި

މ. ކުނޫޒް ސަރަހައްދުގައި ހިމެނޭ ގެސްޓް ހައުސް އަކުން ޒުވާނުންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ދުވަހަށް މައުލޫމާތު ދެމުން މަންޒަރު ދުއް މީހަކު ބުނީ ފުލުހުންގެ ވެހިކަލަކަށް، ގެސްޓްހައު...

23 Apr 2017 | 15:50

މ. ކުނޫޒް ސަރަހައްދުގައި ހިމެނޭ ގެސްޓް ހައުސް އަކުން ޒުވާނުންތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ދުވަހަށް މައުލޫމާތު ދެމުން މަންޒަރު ދުއް މީހަކު ބުނީ ފުލުހުންގެ ވެހިކަލަކަށް، ގެސްޓްހައުސްއަކުން ދިހަ ވަރަކަށް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށާއި އެ ސީންގައި ފޮރެންސިކް ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު ބައެއް އެވިޑެންސްވެސް އެ ގެސްޓްހައުސް އިން ނެރުނުކަމުގައި ބެލެވޭ ކަމަށެވެ.

ސުޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ސިފާން ވިދާޅުވީ އެ ގެސްޓްހައުސް އިން ބަޔަކު ހައްޔަރުކުރީ ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ. އެއް އޮޕަރޭޝަނަކީ ޖެންޑަރ މިނިސްޓްރީއާއި ގުޅިގެން ކުޑަކުއްޖަކު ހޯދުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައިވެސް ހަމަ އެ ގެސްޓްހައުސް އިން ބަޔަކު ހައްޔަރު ކޮށްފައިވާކަމަށެވެ. އިތުރު ފްސީލު ހާމައެއް ނުކުރައްވައެވެ.

މަންޒަރު ދުއް މީހާ ދުވަހަށް މައުލޫމާތު ދެމުން އިތުރަށް ބުނީ އަންހެންކުއްޖަކާއި ފިރިހެން ކުއްޖަކުވެސް ކުރިން ހަމަ އެ ގެސްޓްހައުސް އިން ހައްޔަރުކޮށްފައިވާކަމަށެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެމީހުން ހައްޔަރުކޮށްފައިވަނީ ރޭއަލި ގެސްޓްހައުސް އިން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް