ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް އުފުލާފައިވާ ތިން ދައުވާގެ ޝަރީއަތުގެ މަޖިލީހުގެ އާ ފަނޑިޔާރުންގެ ބެންޗު އެކުލަވާލާފައިވާއިރު އެ ބެންޗުގައިކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ އިންނެވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މިއަދުގެ ޝަރީއަތުގައި ގާސިމް ވިދާޅުވެއްޖެ އެވެ.
ގާސިމް އެގޮތަށް ވިދާޅުވީ ތިން ފަނޑިޔާރުންގެ ބެންޗަކުން އެ މައްސަލަ ބައްލަވަން ފެށްޓެވުމުންނެވެ. ކުރިން ގާޒީ އާދަމް އާރިފް އެކަނި އިންނަވައިގެން ބެއްލެވި މައްސަލަ މިއަދުން ފެށިގެން ބައްލަވާނީ އިސް ގާޒީ އަބްދުލްބާރީ ޔޫސުފާއި ގާޒީ އަހުމަދު ޝަކީލް އަދި ގާޒީ އާދަމް އާރިފެވެ.
މިއަދުގެ އަޑޫއެހުމުގައި ގާސިމް ވިދާޅުވީ މީގ ެކުރިން ބޭއްވި އަޑުއެހުމެއްގައި ގާސިމް ވާހަކަ ދައްކަވަމުން ދަނިކޮށް ގާޒީ ބާރީ ވަނީ ޝަރީއަތް ނިންމަވާލައްވާފައި ކަމަށެވެ. ގާސިމް އެހެން ވިދާޅޫވުމުން ގާޒީ ބާރީ ވިދާޅުވީ އެހެން ދުވަހެއްގެ މަޖިލީހުގެ ވާހަކަދެއްކުމުގެ ފުރުސަތު މިއަދުގެ މަޖިލީހުގައި ދެވެން ނޯންނާނެ ކަމަށެވެ.
މިއަދު މަޖިލީހުގައި ގާސިމް ވަނީ ދައުލަތުން އުފުލާފައިވާ ދައުވާތަކަށް އިންކާރު ކުރައްވާފައި އެވެ.
ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް