އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގައިފިއެވެ.
ފުލުހުން ހާމަކުރިގޮތުގައި އެސްޓީއޯ އިން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގާފައިވަނީ ތިޖޫރީއެއް ފަޅާލައިގެންނެވެ. ވަގަށް ނަގާފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 50،000 ށްވުރެ ގިނަ ރުފިޔާ ވަނީ ގެއްލިފައި އެވެ.
މިމައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 7:50 ހާއިރުއެވެ. އަދި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް