ޔާމީންގެ ޕޯސްޓްމޯޓަމް ހަދަން އާއިލާއިން ބޭނުން ނުވާތީ ހަށިގަނޑު ހަވާލުކޮށްފިން: ފުލުހުން

ރޭ ދަންވަރުގެ ވަގުތެއްގައި މ. ސްޕެޓިއުލާ ގޭގެ ސިޑިގޮޅި ކައިރީގައި ޒަހަމްތަކަކާއެކު އޮއްވާ ފެނުން ސ. ފޭދޫ، ޗަނބޭލީގެ ޔާމީން ރަޝީދުގެ މަރު އަސްލު ދެނެގަތުމަށް ހަދާ ޕޯސްޓްމޯޓަމް ހަދަން އާއިލާއިން ބޭނުން ...

23 Apr 2017 | 08:09

ރޭ ދަންވަރުގެ ވަގުތެއްގައި މ. ސްޕެޓިއުލާ ގޭގެ ސިޑިގޮޅި ކައިރީގައި ޒަހަމްތަކަކާއެކު އޮއްވާ ފެނުން ސ. ފޭދޫ، ޗަނބޭލީގެ ޔާމީން ރަޝީދުގެ މަރު އަސްލު ދެނެގަތުމަށް ހަދާ ޕޯސްޓްމޯޓަމް ހަދަން އާއިލާއިން ބޭނުން ނުވާތީ ހަށިގަނޑު އާއިލާ އާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ޔާމީންގެ އާއިލާގެ ފަރާތުން ޕޯސްޓްމޯޓަމް ހަދަން ބޭނުން ނުވާކަމަށް ރަސްމީކޮށް ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. އެހެންވެ ތަހުގީގަށް ބޭނުންވާ ސާމްޕަލްތައް ނެގުމަށް ފަހު ޔާމީންގެ ހަށިގަނޑު އާއިލާއާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އޭނާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ހާއްސަ  ޓީމެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ލިބިފައިވާ އެންމެހާ ވަސީލަތްތަކެއް އެންމެ މަތީ ދަރަޖައަށް ބޭނުން ކުރާނެ ކަމަށްވެސް ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ޔާމިންގެ ހަށިގަނޑު ވަޅު ލުމަށް މިހާރު ހުޅުމާލެއަށް ގެންގޮސްފައިވާއިރު މިއަދުގެ އަސުރު ނަމާދަށް ފަހު ވަޅުލުން އޮންނާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް