ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ބޭރު ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ބައެއް ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައިވާ ބައެއް ގައުމުތަކުގެ ތެރޭގައި ކެނެޑާ، އެމެރިކާ އަދި އިނގިރޭސިވިލާތް ހިމެނެ އެވެ.
ކެނެޑާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ޝެލީ ވައިޓިން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ ހަބަރު އިވުމާއެކު ކުއްލި ހައިރާންކަމެއް ލިބިލެއްވި ކަމަށާއި ކަމަށާއި އެކަމުގެ އަޑިގައި ތިބި ބަޔަކު އިންސާފުގެ ކުރި މައްޗަށް ގެނެވެން ޖެހޭނެ ކަމަށެވެ. އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑަރު އަތުލް ކެޝަޕް ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައިވަނީ ޔާމީންގެ މަރާއި ގުޅިގެން އާއިލާ އަށާއި އެކުވެރިންނަށް ތައުޒިޔާ ފޮނުއްވާ ކަމަށާއި އަދި ޔާމީން އަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އިންސާނީ ހައްގުތަކުގެ ދިފާއުގައި އަޑުއުފުލި ދިވެއްސެއްކަމަށެވެ.
https://twitter.com/shelley_whiting/status/856034033419137024
އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޖޭމްސް ޑޮރިސް ޔާމީން އަކީ އިންސާނީ ހައްގާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ގޮވާލައި އަޑުއުފުލި ޗެމްޕިއަންއެއް ކަމަށެވެ.
https://twitter.com/JamesDauris/status/856019972836909056
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް