ސްޓެލްކޯއިން ކަރަންޓުގެ އަގު ހެޔޮކޮށްފި

އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް މިއަދުން ފެށިގެން ބަދަލު ގެނެސްފައިވާތީ ސްޓެލްކޯއިން ކަރަންޓުގެ ފިއުލް ސާޗާޖުގެ ގޮތުގައި ނަގަމުންދާ ފީއިން ޔުނިޓަކުން އަށް ޕަސެންޓު ހެޔޮކޮށްފި އެވެ. އެސްޓީއޯއިން ބުނެ...

23 Apr 2017 | 07:31

އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް މިއަދުން ފެށިގެން ބަދަލު ގެނެސްފައިވާތީ ސްޓެލްކޯއިން ކަރަންޓުގެ ފިއުލް ސާޗާޖުގެ ގޮތުގައި ނަގަމުންދާ ފީއިން ޔުނިޓަކުން އަށް ޕަސެންޓު ހެޔޮކޮށްފި އެވެ.

އެސްޓީއޯއިން ބުނެފައިވަނީ މިއަދުން ފެށިގެން އެ ކުންފުނިން ވިއްކާ ޕެޓްރޯލް ލީޓަރަކުން 20 ލާރި އަދި ޑީސަލް ލީޓަރަކުން 10 ލާރި ހެޔޮކުރަން ނިންމާފައިވާ ކަމަށެވެ.

ސްޓެލްކޯއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ  ކަރަންޓުގެ އަގު ހެޔޮކުރަން ނިންމީ މިއަދުން ފެށިގެން އެސްޓީއޯއިން އެ ކުންފުންޏަށް ވިއްކާ ޑީސަލް ލީޓަރެއްގެ އަގު 9.18 ރުފިޔާއަށް ކުޑަވުމުން ކަމަށެވެ. ލިޓަރަކުން 10ލ. ގެ ހެޔޮވުމެއް ކަމަށް ބަޔާނުގައި ވެ އެވެ.

މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ސްޓެލްކޯއިން ވަނީ ފިއުލް ސާޗާޖު ބޮޑުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް