ތޫނު އެއްޗަކުން ހަމާލީ މަރާލައިފައި އޮއްވާ ފެނުނު ޔާމިން ރަޝީދުގެ މަރު އިންސާފު ވެރިކަމާއި އެކު ތަހުގީގު ކުރުމަށް ރާއްޖޭގެ ކުރީގެ ތިން ރައީސުން ގޮވާލައްވައިފި އެވެ.
ޔާމީނަށް ތޫނު އެއްޗަކުން ހަމަލާދީފައި އޮއްވަ ފެނުނީ ރޭ ދަންވަރު 2:59 ހާއިރު އޭނާ މާލެގައި ދިރިއުޅޭ ގޭގެ ސިޑީ ގޮޅީގައި އެވެ. އޭނާ މަރުވީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މެންދަމު 3:48 ހާއިރު އެވެ.
ޔާމީންގެ މަރާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޔާމީން މަރުގައި އިންސާފު ލިބޭނީ ބައިނަލް އަގުވާމީ ފަރާތްތަކާއި އެކު ތަހުގީގު ކުރިޔަށް ގެންދިއުމުން ކަމަށެވެ.
މި ޓްވީޓުގައި ހިތްވަރުގަދަ އަޑެއް އަނިޔާވެރިގޮތެއްގައި ބަންދުކޮށްފައިވާއިރު އެއަޑަށް އިންސާފު ލިބޭނީ އެއްވެސް ކޮޅަކަށް ނުޖެހި ބައިނަލް އަގުވާމީ ފަރާތްތަކުގެ ބައިވެރިވުމާއި އެކު ތަހުގީގު ކުރިއަށް ގެންދިއުމުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައި އެވެ.
https://twitter.com/MohamedNasheed/status/856005299538448384
ނަޝީދު އިތުރަށް ކުރެއްވި ޓްވީޓެއްގައި އެ މަނިކުފާނުގެ ގެ ދުޢާ ޔާމިން ގެ އާއިލާއާއެކު ވާކަމަށާއި ރާއްޖެއިން ނެތިގެން އެދިޔައީ އަގހުރި މުތެއްކަމަށް ވަނީ ވިދާޅުވެފަ އެވެ.
މި މަރާއި ގުޅިގެން ކުރީގެ ދެ ރައީށުން އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމް އާއި ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުވެސް ވަނީ ޓްވީޓާގައި ޔާމީން އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައްވާފައި އެވެ.
https://twitter.com/maumoonagayoom/status/856013965859577856
ޔާމިނަކީ ރާއްޖެއިން ގެއްލިފައިވާ ނޫސްވެރިޔާ ރިލުވާނުގެ އެންމެ ގާތް އެކުވެރިޔެއް ކަމަށްވެސް މަޢުލޫމާތު ލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް