އިމްރާނަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފި

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އަށް އިއްވަފައިވާ 12 އަހަރު ދުވަހުގެ ޖަލު ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފި އެވެ. ޝެއިހް އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅ...

23 Apr 2017 | 06:54

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އަށް އިއްވަފައިވާ 12 އަހަރު ދުވަހުގެ ޖަލު ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފި އެވެ.

ޝެއިހް އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅީ 2015 ވަނަ އަހަރުގެ މޭޑޭގެ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ކަމަށް ކަނޑައަޅަ އެވެ. އެ މައްސަލައިގަ ހައިކޯޓުން ގޮތެއް ކަނޑައަޅާފައި މިވަނީ މި މައްސަލަ އެ ކޯޓުގައި އިސްތިއުނާފު ކުރިތާ އަހަރެއްހާ ދުވަސް ފަހުންނެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގައި މައްސަލަ އޮތް އިރު ހެކި ހުށަހެޅު މުގެ ފުރުސަތު އިމްރާނަށް ދިނުމުން އެ ފުރުސަތު ބޭނުން ކޮށްފައި ނުވާ ކަމަށެވެ.

އިމްރާން ޖަލުގައި ބެހެއްޓުމަށް ފަހު މިހާރު ހުންނެވީ ޖަލު މަރާމާތު ކުރުމަށް ކަމަށްބުނެ ގޭ ބަންދަށް ބަދަލުކޮށްފައި އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް