ކަރަންޓު ހިދުމަތް ނުލިބޭތާ ދެ ދުވަސް ފަހުން ފިޔޯރީއަށް ކަރަންޓު ދީފި

މިދިޔަ ހުކުރު ދުވަހު ގދ. ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ދެ ދުވަސް ފަހުން އެ ރަށަށް ކަރަންޓު ދީފި އެވެ. ރޭ ފަތިހު 4:00 ހާއިރު އެ ރަށަށް ކަރަންޓު ދީފައި ވަނީ ގއ.ދެއްވަދޫ އިން 180...

23 Apr 2017 | 05:35

މިދިޔަ ހުކުރު ދުވަހު ގދ. ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ދެ ދުވަސް ފަހުން އެ ރަށަށް ކަރަންޓު ދީފި އެވެ.

ރޭ ފަތިހު 4:00 ހާއިރު އެ ރަށަށް ކަރަންޓު ދީފައި ވަނީ ގއ.ދެއްވަދޫ އިން 180 ކިލޯވޯޓުގެ ޖެނެރޭޓަރެއް ގެންގޮސްގެނެވެ. ފެނަކަ ކޯޕަރޭޝަނުން ބުނީ އެއީ އަދި ވަގުތީ ހައްލެއް ކަމަށެވެ.

ދާއިމީކޮށް ކަރަންޓު ފޯރުކޮށްދިނުމަށް މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެ ރަށުގައި ބޭނުން ކުރަމުންދިޔަ އިންޖީނަށް އަލިފާނުގެ ހާދިސާގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ ދާއިމީ ގޮތެއްގައި ކަރަންޓު ދޭން މަހެއް ހާ ދުވަސް ނަގާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

ހުކުރު ދުވަހު ހުކުރު ގަޑީގައި ހިނގި އެ ހާދިސާގައި ވަނީ އެ ތަނުގައި މަސައްކަތް ކުރާ ޓެކްނީޝަނެއް ކަމަށްވާ ނަޒީދު އަބްދުﷲ ނިޔާވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް