ޕާކިސްތާނުގައި ތިބި ދިވެހިންގެ ހާލު ބަލައިފި

ޕާކިސްތާނުގައި ތިބި ދިވެހިންގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެގައުމުގެ ސަރުކާރާއެކު މަޝްވަރާ ކުރައްވައިފި އެވެ. ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާކިސްތާނުގެ ފޮރިން...

23 Mar 2020 | 15:13

ޕާކިސްތާނުގައި ތިބި ދިވެހިންގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެގައުމުގެ ސަރުކާރާއެކު މަޝްވަރާ ކުރައްވައިފި އެވެ.

ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހް މަހްމޫދު ގުރައިޝީއާ މިއަދު ފޯނުން ގުޅުއްވައި، ކޯވިޑް-19 އާ ދެކޮޅަށް ދެގައުމުން އެއްބާރުލުން ދެވޭނެ ކަންކަމާ ގުޅޭ މަޝްވަރާތަކެއް ކުރެއްވި ކަމަށެވެ .  އަދި ދިވެހިންނަށް ރައްކާތެރިކަން ހޯދައިދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވި އެވެ.

https://twitter.com/abdulla_shahid/status/1242074674290286592

ކޯވިޑް-19 އަށް ޕާކިސްތާނުން މިއަދާހަމަށް 800 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، ހަ މީހަކު ވަނީ މިބަލީގައި މަރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް