ކޯވިޑް-19: މޯލްޑިވިއަންގެ ދުވަސްވީ މުވައްޒަފުންނާއި މާބަނޑު އަންހެނުންނަށް އެއް މަހުގެ ޗުއްޓީއެއް

ދިވެހިރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގައި މަސައްކަތް ކުރާ އުމުރުން 55 އަހަރުން މަތީގެ މުވައްޒަފުންނާއި މާބަނޑު އަންހެނުންނަށް އެއް މަހުގެ ޗުއްޓީއެއް ދިނުމަށް ނިންމައިފި އެވެ. މޯލްޑިވިއަން އިން...

23 Mar 2020 | 05:18

ދިވެހިރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގައި މަސައްކަތް ކުރާ އުމުރުން 55 އަހަރުން މަތީގެ މުވައްޒަފުންނާއި މާބަނޑު އަންހެނުންނަށް އެއް މަހުގެ ޗުއްޓީއެއް ދިނުމަށް ނިންމައިފި އެވެ.

މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައި ބުނީ، އުމުރުން ދުވަސްވީ މުވައްޒަފުންނާއި މާބަނޑު އަންހެނުންގެ އިތުރުން ދެން އެއް މަހުގެ ޗުއްޓީއެއް ދިނުމަށް ނިންމާފައިވަނީ، ބައެއް ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މުވައްޒަފުންނަށް ކަމަށެވެ.

އެ ބަލިތަކުގެ ތެރޭގައި ހިމެނެނީ ހިތުގެ ބައްޔާއި ނޭވާލާ ނިޒާމްގެ ބަލިތަކުގެ އިތުރުން ހަކުރު ބައްޔާއި ކެންސަރު އަދި ހައިޕަރޓެންސަން ހުންނަ މުވައްޒަފުން ކަމަށް މޯލްޑިވިއަން އިން ކުރި ޓުވީޓްގައި ވަނީ ބުނެފަ އެވެ.

ކޯވިޑް-19 އާއި ގުޅިގެން މޯލްޑިވިއަން އިންވެސް އަންނަނީ މުވައްޒަފުންނަށް ލުއިތަކެއް ދެމުންނެވެ. އެގޮތުން އެ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ޗުއްޓީއަށް އެދޭ ފަރާތްތަކަށް އެއް މަހާއި ތިން މަސްދުވަހުގެ ނޯޕޭ ލީވެއް ދިނުމަށް ވެސް ވަނީ ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް