ނަޝީދުގެ ރައްދު ގާސިމަށް: މިލިޔަނަރަކަށް ވީމާ މަޖިލީހުގެ މަސްލަހަތު ފުށޫ އަރާ

މިލިޔަނަރަކަށް ވީމާ ރައްޔިތުންގެ މަޖިލީހުގެ މަސްލަހަތު ފުށޫ އަރާކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ނުސީދާ ގޮތެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރައްދު ދެއްވައިފިއެވެ. ނަޝ...

23 Mar 2019 | 18:50

މިލިޔަނަރަކަށް ވީމާ ރައްޔިތުންގެ މަޖިލީހުގެ މަސްލަހަތު ފުށޫ އަރާކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ނުސީދާ ގޮތެއްގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ރައްދު ދެއްވައިފިއެވެ.

ނަޝީދު މިހެން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީގެ ޓިކެޓުގައި ތިލަދުންމަތީ ދާއިރާތަކަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ކެމްޕޭނަށް މާފަންނު މަދަރުސާގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ނޯންނާނޭ. ނެތޭ ދައްކާނެ ވާހަކައެއް. މިލިޔަނަރަކަށް ވީމާ، އެއީ މަސްލަހަތު ފުށުއަރާ ހިސާބު،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް އެ މައުލޫގައި ރައީސް ނަޝީދު މާގިނަ ވާހަކަފުޅެއް ނުދައްކަވައެވެ.

ރައީސް ނަޝީދު މިރޭ މިހެން ވިދާޅުވެފައިވާއިރު އދ. ދިގުރަށުގައި އިއްޔެ ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް މަޖިލީހަށް ކުރިމަތިލަނީ ފުދުންތެރިން ކަމަށެވެ.

ގާސިމް ވިދާޅުވީ މިލިޔަނަރުން މަޖިލީހުގައި ތިބޭނަމަ ރިޝްވަތު ނަގައިގެން ވިކިގެން ނުދާނެ ކަމަށެވެ. ަ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް