މިއަދު ސިޔާސީ އެއްވެސް ލީޑަރަކު ޖަލުގައި ނުހުންނާނެ: ރައީސް ސޯލިހް

މިއަދު ސިޔާސީ އެއްވެސް ލީޑަރަކު ޖަލުގައި ބަންދުކުރެވިފައި ނުހުންނާނެ ކަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކުރިއަށް އޮތް ރަ...

23 Mar 2019 | 18:01

މިއަދު ސިޔާސީ އެއްވެސް ލީޑަރަކު ޖަލުގައި ބަންދުކުރެވިފައި ނުހުންނާނެ ކަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ށ. އަތޮޅު ދާއިރާތަކަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ކެމްޕޭނަށް ށ. ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރިން ފާސްކޮށްފައިވާ އެތައް ގާނޫނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބާތިލު ކުރެވިފައިވާކަމަށާއި އެއީ ގެއްލިފައިވާ ހައްގުތައް ހޯދުމަށްޓަކައި ކަމުގައި ރައީސް ވިދާޅުވިއެވެ.

"މިއަދު ހަމަ ގައިމުވެސް ސިޔާސީ އެއްވެސް ލީޑަރަކު ޖަލުގައި ބަންދުކުރެވިފައެއް ނުހުންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު މި ސަރުކާރު އައި ފަހުން ސިޔާސީ ބޭފުޅަކަށް ހައްޔަރުކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ރައީސް ޔާމީން ހައްޔަރުކުރީ މަނީ ލޯންޑްރިންގެ ތުހުމަތުގެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރާއި ގުޅިގެންނެވެ. ނަމަވެސް ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅަށް ރިއާޔަތްކޮށް މިހާރު ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް